އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ވާދަކުރި މެޗު ކާމިޔާބުކޮށް އާސެނަލްއިން އަނެއްކާވެސް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
އަންގާރަ ދުވަހުގެރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-1ންނެވެ. އާސެނަލްގެ ތިން ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. އޭގެ ތެރެއިން ދެލަނޑު ޖެހީ މާޓިން އޮޑެގާޑްއެވެ. އޭނާގެ ދެލަނޑު ޖެހުމަށްވެސް އެހީތެރިވެދިނީ ގްރާނިޓް ޝާކާއެވެ. އާސެނަލްގެ ފަހު ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގަބްރިއެލް ޖެސޫސްއެވެ. ޗެލްސީގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ޖަހައިދިނީ ނޯނީ މަޑުއަކޭއެވެ.
މި މޮޅާއެކު އާސެނަލް އަނެއްކާވެސް ތާވަލުގެ އެއްވަނައަށް ޖެހިލީ 34 މެޗުން 78 ޕޮއިންޓު ހޯދައިގެންނެވެ. އާސެނަލްއަށް ވުރެ ދެމެޗު މަދުން ކުޅެގެން 76 ޕޮއިންޓާއެކު ދެވަނާގައި އޮތީ މެންޗެސްޓަރ ސިޓީއެވެ. އާސެނަލް އަތުން ބަލިވި ޗެލްސީ އޮތީ 39 ޕޮއިންޓާއެކު ތާވަލުގެ 12 ވަނަ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު