ސްޕެނިޝް ލީގުގައި ރެއާލް ސޮސެއިޑާޑް އާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް ބަލިވުމުން މިފަަހަރުގެ ލީގު ކާމިޔާބު ކުރުމަށް އެޓީމަށް އޮތް އުންމީދު ގެއްލިއްޖެއެވެ.
ސޮސެއިޑާޑް އާއި ބައްދަލުކުރި މެޗުން ރެއާލް ބަލިވީ 2-0ންނެވެ. ސޮސެއިޑާޑްގެ ދެލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައި ސޮސެއިޑާޑްއަށް ލީޑު ނަގައިދިނީ ޓާކޭއެވެ. މެޗުގެ 61 ވަނަ މިނެޓުގައި ރެއާލްގެ ޑެނީ ކަވަހާލްއަށް ވަނީ ދެރީންދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ. އެހެންކަމުން މެޗުގެ ބާކީބައި އެޓީމުން ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ. ސޮސެއިޑާޑްގެ ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަންދްރޭ ބަރެނޭޝިޔާއެވެ.
މި ބައްޔާއެކު މި ސީޒަންގެ ލަލީގާ ހޯދުމުގެ އުންމީދު ރެއާލްއަށް ވަނީ ގެއްލިފައެވެ. އެއީ 14 ޕޮއިންޓުގެ ލީޑަކާއެކު އެއްވަނާގައި ވާދަވެރި ބާސެލޯނާ އޮތުމުންނެވެ. ބާސެލޯނާއިން ލީގު ކާމިޔާބުކުރުމަށް ބާކީ ފަސް މެޗުން ބޭނުންވަނީ އެންމެ ދެޕޮއިންޓެވެ. އެއްވަނާގައި ބާސެލޯނާ އޮތީ 33 މެޗުން 82 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނާގައި އޮތް ރެއާލްއަށް ލިބެނީ 68 ޕޮއިންޓެވެ. ދެޓީމަށްވެސް ލީގުގައި ބާކީ އޮތީ ފަސް މެޗެވެ.

ކިޔުންތެރިންގެ ހިޔާލު