މުޙައްމަދު ޔާސިރު މޫސާ   4 މޭ 2023 - 4:38
ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ލިއޮނެލް މެސީ އެކްލަބް ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މެސީ ޕީއެސްޖީއަށް ބަދަލުވީ 2021 ވަނަ އަހަރު، ދެއަހަރުގެ ކޮންޓްރެކްޓެއްގައެވެ. އަދި ދެފަރާތުން އެއްބަސްވާނަމަ އިތުރު އެއް އަހަރަށް ކޮންޓްރެކްޓް ދިގުދައްމާލުމުގެ ފުރުސަތުވެސް އެގްރިމްނެޓުގައި ވަނީ ހިމަނާފައެވެ. މިހާރު ކުރިއަށްދާ 2022-23 ސީޒަން ނިމޭއިރަށް މެސީ އާއެކު ޕީއެސްޖީން ހަދާފައިވާ ދެއަހަރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނެއެވެ. އެހެންކަމުން ޕީއެސްޖީން އަންނަނީ އޭނާގެ ކޮންޓްރެކްޓްގައިވާ ގޮތަށް އިތުރު އެއް އަހަރަށް ކޮންޓްރެކްޓް ދިގުދައްމާލަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް މެސީގެ ފަރާތުން މިކަމަށް އެދެވޭ ޖަވާބެއް ލިބިފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، މެސީގެ ކޮންޓްރެކްޓް އައު ނުކުރާނެކަން އޭނާގެ ބައްޕަ ޕީއެސްޖީއަށް އަންގާފައިވާ ކަމަށްވެސް ރިޕޯތުތަކުގައިވެއެވެ.

މެސީ ގަބޫލުކުރާ ގޮތުގައި ފައިނޭންޝިއަލް ފެއަރ ޕްލޭ ގަވައިދަށް އަމަލުކުރާނަމަ މިއަންނަ ސީޒަންގައި ޕީއެސްޖީއަށް ރަނގަޅު މުސާރައެއް ދީގެން ފުރިހަމަ ސްކޮޑެއް އެކުލަވާ ނުލެވޭނެއެވެ. އަދި އޭގެ ސަބަބުން ޔޫރަޕުގެ ބޮޑެތި ކްލަބުތަކާއި ވާދަކުރުމަށް ޕީއެސްޖީއަށް އުނދަގޫތަކެއް ކުރިމަތިވާނެއެވެ. މެސީ ޕީއެސްޖީގައި އިތުރަށް މަޑު ނުކުރަން ނިންމީ މި ސަބަބަށްޓަކާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީ ދޫކޮށްލަން މެސީ ނިންމާފައިވާއިރު، އޭނާގެ ކުރީގެ ކްލަބު ބާސެލޯނާއިން އަންނަނީ އޭނާ އަލުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރުން ސައުދީ ލީގުގެ ކްލަބުތަކުންވެސް އޭނާއަށް ކަޅި އަޅައެވެ. ޕީއެސްޖީގެ ހުއްދަ ނެތި ސައުދީއަށް ދަތުރު ކުރުމުން ކްލަބުން ވަނީ މެސީ ދެހަފްތާއަށް ސަސްޕެންޑު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން