މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ގޯލްޑް ސްޕޮންސަރަކަށް ސެޓެލްކޯ ހަމަޖަައްސައިފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ގޯލްޑް ސްޕޮންސަރަކަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސެޓެލްކޯ) ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެއްބަސްވުމުގައި ސެޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފްއެވެ. އެމްއެމްސީގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަޙުމަދު މުޞްޠަފާއެވެ.
އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ ވިދާޅުވީ، ސެޓެލްކޯއަކީ މީހުން ބިނާކުރުމަށް އެމްއެމްސީން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ސްޕޮންސަރަކަށް ހަމަޖެއްސި ދެވަނަ ކުންފުނި ކަމަށެވެ. އެކަމަށްޓަކައި ސެޓެލްކޯގެ އިސްވެރިންނަށް މުސްތަފާ ޝުކުރު އަދާކުރެއްވިއެވެ.
އޭގެ އިތުރުން މީޑިއާގެ ކުރިއެރުމަށް ސްޓެލްކޯއިން ވެދެމުން އަންނަ އެހީތެރިކަން ފާހަގަކުރެއްވިއެވެ.
އެމްއެމްސީން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމަކީ އަލަށް އިންތިހާބުވި ކައުންސިލުން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ސްކޫލް ދަރިވަރުން ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފައްދާ، އެ ދާއިރާއަށް ދަރިވަރުން ނެރުމަށް ހިންގާ ޕްރޮގްރާމެކެވެ.
މި އަހަރުގެ ޖެނުއަރީމަހު ފެށި އެ ޕްރޮގްރާމް މިހާތަނަށް ތިން ސްކޫލެއްގައި ހިންގައި، 70 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ. އަދި އަންނަ ޖޫންމަހުގެ ތެރޭގައި ހއ. އަދި ހދ. އަތޮޅުގެ ސްކޫލްތަކަށް މިޕްރޮގްރާމް ހިންގުމަށް ދަނީ ތައްޔާރުވަމުންނެވެ.

Our student journalism programme just got a major boost with @STELCOMALDIVES coming on board as our Gold sponsor!
— Maldives Media Council (@mmc_mv) May 3, 2023
We look forward to empowering young journalists with invaluable opportunities. #StudentJournalism #mediapartnership pic.twitter.com/7HLaq0hhkf
އެމްއެމްސީން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމަކީ އަލަށް އިންތިހާބުވި ކައުންސިލުން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ސްކޫލް ދަރިވަރުން ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފައްދާ، އެ ދާއިރާއަށް ދަރިވަރުން ނެރުމަށް ހިންގާ ޕްރޮގްރާމެކެވެ.
މި އަހަރުގެ ޖެނުއަރީމަހު ފެށި އެ ޕްރޮގްރާމް މިހާތަނަށް ތިން ސްކޫލެއްގައި ހިންގައި، 70 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ. އަދި އަންނަ ޖޫންމަހުގެ ތެރޭގައި ހއ. އަދި ހދ. އަތޮޅުގެ ސްކޫލްތަކަށް މިޕްރޮގްރާމް ހިންގުމަށް ދަނީ ތައްޔާރުވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު