ހއ. ދިއްދޫ ފަރަށް، އެރި ޓަގު ބޯޓު ރޭ ދަންވަރު ފުންކޮށްފި އެވެ.
އެމްއެމް އެކްސްޕޯޓުގެ މުތާ ޕްރިންސަސް ޓަގު ބޯޓާއި ބާޖެއް ދިއްދޫގެ ފަރަށް އެރީ މިދިޔަ ހޯމަ ދުވަހު އެވެ.
އެ ބޯޓު ފުންކޮށްފައިވަނީ އިއްޔެ ދިއްދޫއަށް ދިޔަ އެހެން ޓަގްބޯޓަކުން ކަފުޖަހައިގެންނެވެ. އެބޯޓު ފުންވެފައިވަނީ ރޭ ދަންވަރު ގާތްގަނޑަކަށް 2 ޖެހިއިރު ކަމަށް މަޢުލޫމާތު ލިބެއެވެ.
އެ ޓަގާއެކު އެރަށަށް ގެންދިޔަ ހިލަބަރުކޮށްފައި އޮތް ބާޖެއް ވެސް ފަރުމައްޗަށް އެރި އެވެ. އެކަމަކު އެ ބާޖު ވަނީ ކުރިން ފުންކޮށްފަ އެވެ.
ޓަގު ބޯޓު ފަރަށް އެރުމާ ގުޅިގެން ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭ އަށް ހުށައަޅާނެ ކަމަށް ދިއްދޫ ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ ކުރިން 2015 ވަނަ އަހަރު އެމްއެމް އެކްސްޕޯޓްގެ "މުތާ ރޯޔަލް" ނަމަކަށް ކިޔާ ޓަގް ބޯޓާއި "މުތާ ގްރޭސް" ކިޔާ ބާޖެއް ކ. ފުށިދިއްގަރު ފަރަށް އެރި މައްސަލައިގައި 110 މިލިއަން ރުފިޔާ ދައްކަން އީޕީއޭއިން އަންގާފައިވެއެވެ.
އަދި އެ ކުންފުނީގެ ބޯޓެއް 2014 ވަނަ އަހަރުގެ ތެރޭގައި ތިލަފުށީ ފަރަށް އެރުމުން އެ ބޯޓް 22 މިލިއަން ރުފިޔާއިން ޖޫރިމަނާކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު