މުޙައްމަދު ޔާސިރު މޫސާ   6 މޭ 2023 - 4:18
މިރޭ ފެށި ޤައުމީ މުބާރާތުގެ ތެރެއިން
މިރޭ ފެށި ޤައުމީ މުބާރާތުގެ ތެރެއިން
މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ) އިން ކުރިއަށްގެންދާ ނެޝަނަލް ޗެސް ޗެމްޕިއަންޝިޕް ފަށައިފިއެވެ.

މުބާރާތް ފެށީ މިއަދުއެވެ. މެއި ހަތަރަކުން 12 އަށް ކުރިއަށްދާނީ މުބާރާތުގެ ކްލަބް އިވެންޓެވެ. މުބާރާތް ކުރިއަށް ދަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ކްލަބް އިވެންޓް, ވިމެންސް އިވެންޓް އަދި އޯޕަންސް އިވެންޓެވެ. މިފަހަރުގެ ކްލަބް އިވެންޓުގައި 14 ކްލަބަކުން ވާދަކުރެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ ޓީމުން ވާދަކުރާ ޤައުމީ ޗެސް މުބާރާތެވެ.

މުބާރާތުގައި މިއަދު ކުޅުނީ ފުރަތަމަ ރައުންޑެވެ. ކޮންމެ ރައުންޑެއްގައިވެސް ހަތް މެޗު ކުޅޭނެއެވެ. ކްލަބް އިވެންޓުގައި ކުޅޭނީ ނުވަ ރައުންޑެވެ. ދެވަނަ ރައުންޑު ކުޅޭނީ މާދަމާ ހެނދުނު 10:00 ގައެވެ. މާދަމާ ރޭ 19:00 ގައި އޮންނާނީ ތިންވަނަ ރައުންޑެވެ.

މީގެ ކުރިން ގައުމީ މުބާރާތް ބާއްވަމުން ގެންދިޔައީ މިއިން ކޮންމެ ކެޓަގަރީއެއް ވަކި މުބާރާތެއްގެ ގޮތުގައެވެ. ޤައުމީ ޗެސް މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމީ ޓީމުތަކަށް ކުޅުންތެރިން ނެގުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން