ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ, އެކްލަބުގެ ކުޅުންތެރިންގެ ފަރާތުން މާފަށް އެދިއްޖެއެވެ.
މިދިޔަ ހަފްތާގައި ކްލަބުގެ ހުއްދަނެތި މެސީ ވަނީ ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައެވެ. މިކަމާއި ގުޅިގެން ކްލަބުން ވަނީ އޭނާ ދެހަފްތާއަށް ސަސްޕެންޑު ކޮށްފައެވެ. މި މުއްދަތުގައި ޕީއެސްޖީގެ އެއްވެސް މެޗެއް ނުވަތަ ފަރިތަކުރުމެއްގައި މެސީއަށް ބައިވެރި ނުވެވޭނެއެވެ.
ކުޅުންތެރިންގެ ފަރާތުން މާފަށް އެދި އިންސްޓަގުރާމުގައި މެސީ ކުރި ވީޑިއޯ ޕޯސްޓެއްގައި އޭނާ ބުނީ އޭނާއަށް ކުރެވުނު ކުށަށް ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން މާފަށް އެދޭ ކަމަށެވެ. އަދި އޭނާ ސައުދީއަށް ދަތުރުކުރީ އެދުވަހު ޓީމުގެ ފަރިތަކުރުން ނެތްކަމަށް ހީކޮށްގެން ކަމަށްވެސް މެސީ ބުންޏެވެ. ހަމައެހެންމެ މީގެ ކުރިންވެސް ސައުދީއަށް ކުރަން ރާވާފައިވާ ދަތުރު ކެންސަލްކުރިކަން ފާހަގަކޮށް މެސީ ބުނީ މިފަހަރު ދަތުރު ކެންސަލް ކުރެވެން ނެތް ކަމަށެވެ. މެސީއަކީ ސައުދީގެ ޓޫރިޒަމް އެމްބަސެޑަރެކެވެ.
މެސީގެ ސަސްޕެންޝަނާއި ގުޅޭގޮތުން ކްލަބުގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނީ މެސީ ސަސްޕެންޑު ކުރަން ނިންމީ ކްލަބުގެ މެނޭޖުމެންޓުން ކަމަށާއި, އެއީ އޭނާގެ ނިންމުމެއް ނޫން ކަމަށެވެ. އަދި މެސީގެ ސަސްޕެންޝަނުގެ ސަބަބުން ޓީމުގެ ކުޅުން ދަށްވެފައިވާކަންވެސް ގަލްޓިއޭ ފާހަގަކުރިއެވެ.
ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިހާރު ކުރިއަށްދާ 2022-23 ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. އިތުރު އެއް އަހަރަށް ކޮންޓްރެކްޓް ދިގުދަމާލުމުގެ ބާރު އޮތް ނަމަވެސް ރިޕޯޓުތައް ބުނަނީ އެކަމަށް މެސީގެ ޝައުގުވެރިކަން ނެތް ކަމަށެވެ. ޕީއެސްޖީން އަންނަނީ އިތުރު އެއް އަހަރު ޓީމުގައި މެސީ ބެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު