ބްރައިޓަންގެ ރެކޯޑު އަގަކަށް ބްރެޒިލްގެ ފޯވާޑް ޖޮއާއޯ ޕެޑްރޯ އެކްލަބަށް ގެންދަން އެއްބަސްވެއްޖެއެވެ.

ޕެޑްރޯ މިހާރު ކުޅެމުން އަންނަނީ ވަޓްފޯޑަށެވެ. އޭނާ ވަޓްފޯޑާއި ގުޅުނީ 2020 ވަނަ އަހަރުއެވެ. އޭގެ ފަހުން ޕެޑްރޯ ވަނީ އެޓީމަށް 109 މެޗު ކުޅެދީ 24 ލަނޑު ޖަހައިދީފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބްރައިޓަންއިން މިހާރު ވަނީ ޕެޑްރޯ ހޯދުމަށް އެއްބަސްވެ, ސޮއިކުރަން ތައްޔާރުވެފައެވެ. އެޓީމުން ޕެޑްރޯ ހޯދުމަށް 30 މިލިއަން ޕައުންޑު ޚަރަދުކުރުމަށް ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އުމުރުން 21 އަހަރުގެ ޕެޑްރޯ ބްރައިޓަންއަށް ބަދަލުވަނީ ޖޫން 2028 އާއި ހަމައަށް އެކްލަބަކާއެކު އެއްބަސްވުން ހަދައިގެންނެވެ.

ބްރައިޓަންގެ ޓެކްނިކަލް ޑިރެކްޓަރ ޑޭވިޑް ވެއަރ ބުނީ ޕެޑްރޯއަކީ އެކްލަބުގެ ލޯންގް ޓާމް ޓާގެޓެއް ކަމަށެވެ. އަދި ޒުވާން ފޯވާޑާއެކު ޓީމުގެ ފޯވާޑްލައިން އިތުރަށް ފުރިހަމަ ވާނެކަން އޭނާ ފާހަގަކުރިއެވެ.

ބްރައިޓަންއިން އަންނަނީ ލިވަޕޫލްގެ މިޑްފީލްޑަރު ޖޭމްސް މިލްނާ ހޯދުމަށްވެސް މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން