އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ގިނަ ބަޔަކު އެކި ފަހަރުމަތިން ޖިންސީ ގޯނާކުރަމުންދިޔަ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ އަޕަރ ނޮދަން އޭރިއާ (ހއ. ހދ. އަދި ށ އަތޮޅު) ގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އޭޕްރީލް 29، ގައި އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރަމުން ދިޔަނަމަވެސް މިހާތަނަށް މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ޖެންޑަރ މިނިސްޓްރީން މިއަދު ބުނީ އެފަދަ މައްސަލައެއް އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ޖިންސީ ގޯނާ ލިބުނު ކުއްޖާއަށް މިނިސްޓްރީން ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާ މިހާރު ވަނީ މާލެ ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު