އިނގިރޭސި ޕްރިމިއަރ ލީގުގައި ނިއުކަސަލް ޔުނައިޓެޑާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް، އާސެނަލްއިން މުބާރާތުގެ ތަށި ހޯދުމުގެ އުންމީދު އާކޮށްފިއެވެ.

ނިއުކާސަލްގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު އާސެނަލްއިން ކާމިޔާބުކުރީ 2-0ންނެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އާސެނަލްއަށް ލީޑު ނަގައިދިނީ މާޓިން އޮޑެގާޑްއެވެ. އާސެނަލްގެ ދެވަނަ ލަނޑަކީ މެޗުގެ ދެވަނަ ހާފުގައި ނިއުކާސަލްގެ ފަބިއަން ޝާރ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ 35 މެޗުން 81 ޕޮއިންޓު ހޯދައިގެން ލީގު ތާވަލުގެ ދެވަނަ މަގާމުގައެވެ. އެއްވަނާގައި މެންޗެސްޓަރ ސިޓީ އޮތީ އެއް މެޗު މަދުން ކުޅެގެން 82 ޕޮއިންޓާއެކުއެވެ. ލީގުގައި އާސެނަލްއަށް ބާކީ އޮތީ ތިން މެޗެވެ. މެޗުން ބަލިވި ނިއުކާސަލް ތިންވަނާގައި އޮތީ 65 ޕޮއިންޓާއެކުއެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑްވެސް ބައްދަލުކުރިއެވެ. މި މެޗު 1-0ން ކާމިޔާބުކުރީ ވެސްޓް ހޭމްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން