ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ޔުވެންޓަސް އާއި ސެވިއްޔާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނުއިރު، ބަޔަރ ލެވަކޫސަން އަތުން އޭއެސް ރޯމާ މޮޅުވެއްޖެއެވެ.
ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޔުވެންޓަސް އާއި ސެވިއްޔާ އެއްވަރުވީ 1-1ންނެވެ. ޔުވެންޓަސްގެ އަލިއަންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ސެވިއްޔާއިންނެވެ. ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ލޫކަސް އޮކާމްޕޯސް ނަގައިދިން ހުރަހެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ސެވިއްޔާއަށް ލީޑު ނަގައިދިނީ ޔޫސުފް އެން-ނެސީރީއެވެ. ޔުވެންޓަސްއިން ލަނޑުޖެހީ މެޗުގެ ފަހު ވަގުތުގައެވެ. ކޯނަރެއްގައި ހުރަސްވި ބޯޅައެއް ދެކުޅުންތެރިންގެ ބޮލުގައި ޖެހިފައި ލިބުމުން ބޮލުންޖަހާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފެޑެރިކޯ ގަޓީއެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ބަޔާ ލެވަކޫސަން އާއި ރޯމާއެވެ. މި މެޗު ރޯމާއިން ކާމިޔާބުކުރީ 1-0 ންނެވެ. ރޯމާ މޮޅުކޮށްދިން ލަނޑު އެޓީމަށް ޖަހައިދިނީ އެޑޮއާޑޯ ބޯވޭއެވެ.
ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗުތައް އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުގެރޭ ދަންވަރު 12 ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު