މިފަހަރުގެ މުބާރާތުގެ ތެރެއިން
މިފަހަރުގެ މުބާރާތުގެ ތެރެއިން
މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ) އިން ކުރިއަށް ގެންދާ ޤައުމީ ޗެސް މުބާރާތުގެ ކްލަބު އިވެންޓުގެ ޗެމްޕިއަންކަން ކާސަލް ޗެސް ކްލަބް އެންޑް އެކަޑަމީން ކާމިޔާބުކޮށްފިއެވެ.

މިފަހަރުގެ ނެޝަނަލް ޗެސް ޗެމްޕިއަންޝިޕް ކުރިއަށް ގެންދަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ކްލަބް އިވެންޓް, ވިމެންސް އިވެންޓް އަދި އޯޕަންސް އިވެންޓެވެ. މީގެ ތެރެއިން މިހާރު ނިމިފައިވަނީ ކްލަބު އިވެންޓެވެ. ޖުމްލަ 14 ކްލަބަކުން ވާދަކުރި މުބާރާތުގެ ޗެމްޕިއަންކަން ކާސަލް ކްލަބުން ވަނީ މުބާރާތުގެ ފަހު ރައުންޑަށް ނުކުތް އިރުވެސް ކަށަވަރު ކޮށްފައެވެ. މުބާރާތުގެ ދެވަނަ ހާސިލްކުރީ މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ކްލަބް ސްޓޯން ވޯލްއެވެ. ތިންވަނަ ލިބުނީ ކްލަބު ޗެސް މޭޓްސްއަށެވެ.



އެމްސީއޭއިން އަންނަނީ 2008 ވަނަ އަހަރުން ފެށިގެން މި މުބާރާތް ބާއްވަމުންނެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު މި މުބާރާތް ބާއްވާފައެއް ނުވެއެވެ.

މިއީ ތިން ކެޓަގަރީއަކަށް ބަހާލައިގެން މުބާރާތް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. އަދި އެންމެ ގިނަ ކްލަބުތަކުން ވާދަކުރި މުބާރާތްވެސްމެއެވެ.

މީގެ ކުރިން ގައުމީ މުބާރާތް ބާއްވަމުން ގެންދިޔައީ މިއިން ކޮންމެ ކެޓަގަރީއެއް ވަކި މުބާރާތެއްގެ ގޮތުގައެވެ. ޤައުމީ ޗެސް މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމީ ޓީމުތަކަށް ކުޅުންތެރިން ނެގުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން