2015 ވަނަ އަހަރު ކ. ފުށިދިއްގަރު ފަރަށް އިންޑިއާގެ އެމްއެމް އެކްސްޕޯޓްގެ ދެ އުޅަނދެއް އެރި މައްސަލައިގައި ކުރި 110 މިލިއަންގެ ޖޫރިމަނާ ފައިސާ ހޯދަން ދިވެހި ދަޢުލަތުން ދަޢުވާކޮށްފިއެވެ.
"މުތާ ރޯޔަލް" ކިޔާ ޓަގު ބޯޓާއި "މުތާ ގްރޭސް" ކިޔާ ބާޖު ފުށިދިއްގަރު ފަރަށް އަރާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެ އުޅަނދުތައް ނަގާފައިވަނީ 19 މާރޗު 2017 ގައެވެ. އަދި އެ ސަރަޙައްދަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ހެދި ސާވޭއަށްފަހު 110 މިލިއަން ރުފިޔާއިން އިންޑިއާގެ އެމްއެމް އެކްސްޕޯޓް ޖޫރިމަނާ ކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާރިޗް މަހުގެތެރޭގައެވެ.
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާޙިމް ނައީމް މީގެކުރިން ވިދާޅުވީ އެމްއެމް އެކްސްޕޯޓް ޓަގު ފުށިދިއްގަރު ފަރަށް އެރި ހާދިސާއާ ގުޅިގެން އެ ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވި ކަމަށެވެ. އަދި ޖޫރިމަނާއަށްވާ 110 މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ދެ އުޅަަނދުގެ ލޯކަލް އޭޖެންޓުގެ ގޮތުގައި ހަރަކާތްތެރިވަމުން އައި މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް އޭރު އީޕީއޭއިން އެންގިކަމަށާއި، ނަމަވެސް އެފައިސާ ދައްކާފައިނުވާކަމަށް ނައީމް ވިދާޅުވިއެވެ.
އެހެންކަމުން މި މައްސަލާގައި ދަޢުވާކުރުމަށް ދަޢުލަތުން މިހާރުވަނީ ސިވިލް ކޯޓަށް ހުށައަޅާފައެވެ. އީޕީއޭއިން ބުނީ މި ވޭތުވެދިޔަ 3 އަހަރު އީޕީއޭއިން ކޮށްފައިވާ ޖޫރިމަނާތަކުގެ ތެރެއިން މިފައިސާ ނޫނީ ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް މިހާރު ވަނީ ލިބިފައި ކަމަށެވެ.
އެމްއެމް އެކްސްޕޯޓްގެ ބޯޓެއް 2014 ވަނަ އަހަރުގެ ތެރޭގައި ތިލަފުށީ ފަރަށް އެރުމުން އެ ބޯޓް 22 މިލިއަން ރުފިޔާއިން ޖޫރިމަނާކުރިއެވެ. ނަމަވެސް ފަހުން އެ ކުންފުނީގެ އެދުމުގެ މަތިން ޖޫރިމަނާ 2.8 މިލިއަން ރުފިޔާ އަށް ކުޑަކޮށްދިނެވެ.
އަދި އެމްއެމް އެކްސްޕޯޓުގެ "މުތާ ޕްރިންސަސް" ޓަގު ބޯޓާއި ބާޖެއް ހއ. ދިއްދޫ ފަރަށް މިމަހުގެ ފުރަތަމަ ދުވަހުވެސް އަރާފައިވެއެވެ. ނަމަވެސް އެ އުޅަނދުތައް މިމަހުގެ 5 ވަނަ ދުވަހު ވަނީ ފުންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު