ރައްޒާގުބެ މެމޯރިއަލް ކަޕްގެ ފައިނަލަށް އޭނާގެ ފަސް ކާފަ ދަރިން ދަތުރުކޮށްފިއެވެ.

އަލްމަރްހޫމް އަބްދުއް ރައްޒާޤު މޫސާއަކީ ކ. ގުރައިދޫގެ ފުޓުބޯޅައަށް އެތައް އަގުހުރި ހިދުމަތްތަކެއް ކޮއްދީފައިވާ ފަރާތެކެވެ. މިފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާ ރައްޒާގުބެގެ ކާފަ ދަރީންނަކީ މިދިޔަ ރަމަޟާން މަހު ބޭއްވި ޒުވާނުންގެ ގުޅުން 1444 ފުޓްސަލް މުބާރާތުގެ ކިންގް އަހްމަދު ޝޫން ( ޗަމޭ) އަދި އެޓީމް އަހްމަދް ހާފިޒް ގެ އިތުރުން ޗެލެންޖާރސް އަށް ކުޅެމުން އަންނަ އަހްމަދް ސަމާއު (ސަމަރު)، އަހްމަދު ނިމާލް (ތުރޭ) އަދި މުހަންމަދު އިކްރާމް(އަންބޯ) އެވެ.

މިއަހަރަކީ ރައްޒާގުބެ މެމޯރިއަލް ކަޕް ބާއްވާ 5 ވަނަ އަހަރެވެ. މި މުބާރާތަކީ ގުރައިދޫގެ ފުޓުބޯޅަ ފޯރި ދިރުވުމަށް ގުރައިދޫ ކައުންސިލުން ބާއްވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައިވެސް ގުރައިދޫގެ 7 ޓީމެއް ވަނީ ބައިވެރި ވެފައެވެ. މި މުބާރާތް ޗެލެންޖާރސް އިން 2 ފަހަރު ކާމިޔާބު ކުރިއިރު އޯލްއެޓޭކައް އަދި ވަނީ މިމުބާރާތުގެ ޝީލްޑްގައި އަތް ޖައްސާނުލެވިފައެވެ. ރައްޒާގުބެ މެމޯރިއަލް ކަޕްގެ ފައިނަލް އޮންނާނީ މާދަމާ ހަވީރު ގުރައިދޫ ފުޓުބޯޅަ ދަނޑުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން