އިނގިރޭސި ކްލަބް ޗެލްސީގެ ކޯޗުކަމަށް އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ހަމަޖައްސަން ނިންމައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ޗެލްސީން ވަނީ މިހާރު ޕޮޗެޓީނޯއާއެކު ރަސްމީ އެއްބަސްވުމަކަށް އައިސްފައެވެ. މީގެ ކުރިން ސައުތެމްޓަންއަށް ކޯޗުކޮށްދިން ޕޮޗެޓީނޯ މިހާރު ހުރީ އެއްވެސް ޓީމެއްގައެއް ނޫނެވެ. ޕީއެސްޖީގެ ކޯޗުކަންވެސް ކުރި ޕޮޗެޓީނޯ އެޓީމުން ވަކިކުރީ އޭނާގެ ބަދަލުގައި ކްރިސްޓޮފް ގަލްޓިއޭ ގެންގޮސްފައެވެ. އުމުރުން 51 އަހަރުގެ ޕޮޗެޓީނޯ ވަނީ 2014 ވަނަ އަހަރުން ފެށިގެން ފަސް އަހަރުގެ މުއްދަތަކަށް ޓޮޓެންހަމްއަށް އިރުޝާދު ދީފައެވެ. އަދި 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓޮޓެންހަމް ގެންގޮސްދިނީވެސް ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުންނެވެ.
ޗެލްސީގެ ކޯޗުކަމުގައި މިހާރު ހުރި ފްރެންކް ލަމްޕާޑް އެމަގާމުގައި ހުންނާނީ މި ސީޒަންގެ ނިޔަލަށެވެ. ޕޮޗެޓީނޯއަކީ ޗެލްސީން މިދިޔަ ފަސް އަހަރުގެ ތެރޭގައި ރަސްމީކޮށް ކޯޗުކަމަށް ހަމަޖައްސާ ހަވަނަ މީހާއެވެ. އަދި ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރާނެކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު