އުރުގުއޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އާޖެންޓީނާގެ މާސެލޯ ބިއެލްސާ ހަމަޖައްސައިފިއެވެ.
މީގެ ކުރިން ލީޑްސް ޔުނައިޓެޑަށް އިރުޝާދުދިން ބިއެލްސާ ލީޑްސްގެ ކޯޗުކަމުން ވަކިކުރީ 2022 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ އެއްވެސް ޓީމަކަށް ކޯޗުކޮށްދީފައެއް ނުވެއެވެ. ބިއެލްސާ ވަނީ 2018 އިން ފެށިގެން ލީޑްސްއަށް ކޯޗުކޮށްދީފައެވެ. ޕްރިމިއަރ ލީގުގެ ކްލަބުތަކަށް ކޯޗުކޮށްދިނުމުގެ ކުރިން އޭނާ ވަނީ އާޖެންޓީނާ, ސްޕެއިން, އިޓަލީ އަދި ފްރާންސްގެ އިތުރުން ޗިލީއަށްވެސް އިރުޝާދުދީފައެވެ.
ލީޑްސްއިން ވަކިކުރުމުން އޭނާ ވަނީ ބޯންމައުތު އަދި އެވަޓަންއާއިވެސް މަޝްވަރާކޮށްފައެވެ. ނަމަވެސް އެންމެ ފަހު ވަގުތު އުމުރުން 67 އަހަރުގެ ބިއެލްސާ ހަވާލުވީ އުރުގުއޭގެ ޓީމާއެވެ.
މީގެ ކުރިން ވޯލްޑް ކަޕްގެ ތަށި ދެފަހަރު ކާމިޔާބުކޮށްފައިވާ އުރުގުއޭ މިދިޔަ އަހަރު އޮތް ވޯލްޑް ކަޕުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ. 2021 ވަނަ އަހަރު އުރުގުއޭ ޓީމާއި ހަވާލުވި ޑިއެގޯ އަލޯންސޯ ވަނީ ވޯލްޑް ކަޕަށްފަހު މަގާމުން އިސްތިއުފާ ދީފައެވެ.
ދުނިޔޭގެ ރޭންކިންގައި އުރުގުއޭ އޮތީ 16 ވަނާގައެވެ.

ކިޔުންތެރިންގެ ހިޔާލު