އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލުން މުހިންމު މޮޅެއް ހޯދައިފިއެވެ.

ލެސްޓަރ ސިޓީގެ ދަނޑުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 3-0ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ދެލަނޑުގެ ލީޑެއް ނެގިއެވެ. ތިން މިނެޓުތެރޭގައި ޖެހި މި ދެލަނޑުވެސް ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ކާޓިސް ޖޯންސްއެވެ. ލިވަޕޫލްގެ ފަހު ލަނޑު އެޓީމަށް ޖަހައިދިނީ ޓްރެންޓް އަލެކްސެންޑަރ-އާނޯލްޑްއެވެ.

މި މެޗުން ބަލިވި ލެސްޓަރ ސިޓީ އޮތީ ރެލިގޭޝަން ޒޯނުގައެވެ. 36 މެޗުން ލިބުނު 30 ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ ފުލުން ދެވަނާގައެވެ.

ލިވަޕޫލުން ވަނީ ލެސްޓަރ ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު ޖުމްލަ 65 ޕޮއިންޓު ހޯދައިގެންހަތަރު ވަނާގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާއި ފަރަގު އެއް ޕޮއިންޓަށް ކުޑަ ކޮށްފައެވެ. ލިވަޕޫލް ވަނީ ޔުނައިޓެޑަށްވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން