މާލޭގައި އޮޅުކޮށްގެން އޮސްޓްރިޗެއް ގެންގުޅޭ މައްސަލައެއް ބަލަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އާއްމު ކޮށްފައިވާ ވީޑިއޯ އާއި ފޮޓޯ ތަކުގައި ފެންނަނީ އޮސްޓްރިޗަކާއެކު މީހަކު ގެއެއްގެ ދޮރު ކައިރީގައި ހުންނަ މަންޒަރާއި ހުޅުމާލޭ ސައިޓެއްގެ ތެރޭގައި އޮސްޓްރިޗަށް ކާންދޭ މަންޒަރެވެ. ފޮޓޯއިން ފެންނަ ގޮތުގައި އެގެންގުޅޭ މީހާއަށްވުރެ އޮސްޓްރިޗް ބޮޑެވެ.
ހަމައެއާއެކު މި ދޫނި ރާއްޖޭގައި ގެންގުޅެނީ ހުއްދަ ނަގައިގެންކަން އަންގައިދިނުމަށް އެކަމާގުޅޭގޮތުން މިނިސްޓްރީން ދީފައިވާ ލިޔުންވެސް ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ. އެ ލިޔުމުން އެނގޭގޮތުގައި 50 ޑޮމެސްޓިކް އޮސްޓްރިޗް ބިހަށް، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މިނިސްޓްރީން ވަނީ ހުއްދަ ދީފަ އެވެ.
އެކަމާގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގައި އޮސްޓްރިޗް ގެންގުޅުމަށް ހުއްދަ ދޫކޮށްފައި ވާނެ ކަމަށާއި، އެ ހުއްދަ ދީފައިވާނީ ޕޯލްޓްރީ ފާމަކަށް ކަމަށެވެ. އަދި އެއީ ގޭގައި އޮޅުކޮށްގެން ޕެޓެއްގެ ގޮތުގައި ގެންގުޅެން ދީފައިވާ ހުއްދައެއް ނޫންކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ، ފޮޓޯ އާއި ވީޑިއޯއިން މިހާރު ފެންނަ ދޫންޏަކީ އެ ހުއްދައިގެ ދަށުން ގެންގުޅޭ ދޫންޏެއްތޯ މިހާރު ބަލަމުން ދަނީ ބަލަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު