ސްކޫލްތަކުގެ ކިޔެވުން ހަރުދަނާކުރުމަށް ރާއްޖޭގެ ސްކޫލްތަކުގެ ރިވިއު އެނަލިސިސްއެއް ހެދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރޭ ވިދާޅުވެއްޖެއެވެ.
މަތީ އަރުތަވެރިންގެ އިނާމު 2021-2022" ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުއްދަކަވަމުން ރައިސް ޞާލިހް ވިދާޅުވީ ސްކޫލްތަކުގެ ކިޔެވުން ހަރުދަނާކުރުމަށް ރާއްޖޭގެ ސްކޫލްތަކުގެ ރިވިއު އެނަލިސިސްއެއް ހެދިފައިވާއިރު، އެ ސްކޫލްތަކުގެ ތެރެއިން މި ވަގުތަށް އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވާ ސްކޫލްތައްވެސް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ ސްކޫލްތަކުގެ ޙާލަތު ރަނގަޅު ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިހާރު އަންނަނީ އެކި ޕްރޮގްރާމްތައް ހިންގަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހިންގުމުގެ ދާއިރާއިންނާއި، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް، އިތުރު އެހީތެރިކަމަށް ބޭނުންވާ ސްކޫލްތައް ވެސް މިހާރު ވަނީ ދެނެގަނެވިފައި ކަމަށެވެ. އެފަދަ ސްކޫލްތަކުގެ މުވައްޒަފުންނަށް، ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ އެހީގައި މަޢުލޫމާތު ފޯރުކޮށްދީ ތާޒާކުރުމުގެ މަސައްކަތްތަކެއްވެސް އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް އެބަ ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، މީގެ ފަސް އަހަރު ކުރިން އަޅުގަނޑުމެން ނުކުތްއިރު، ބައެއް ރަށްރަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން، އެ ރަށްރަށުގެ ސްކޫލްތަކުގެ ކިޔެވުން ވަނީ ހުއްޓާލާފައި. އެ ރަށްރަށުގެ ކުދިން ކިޔަވަން ދާންޖެހެނީ، ކަނޑު ދަތުރުކޮށްފައި އެހެން ރަށްރަށަށް." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ޤަބޫލުކުރީ، ރަށުގެ އާބާދީ ކުޑަވުމަކީ، އެ ރަށެއްގެ ރައްޔިތުން އަދި ޚާއްޞަކޮށް ދަރިވަރުން، އެފަދަ ނުރައްކާތެރި ތަކުލީފުތަކެއް އުފުލަންޖެހޭނެ ސަބަބެއް ނޫން ކަމަށެވެ. އެހެންކަމުން، އެފަދަ ރަށްރަށުގެ ސްކޫލްތަކުގައި، ސެޓަލައިޓް ކްލާސްރޫމްތައް ޤާއިމުކޮށް، އެކަން މިހާރު ވަނީ ޙައްލުކުރެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
މިނޫނަސް، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ވަރަށް ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ހިންގަމުން އެބަދާ ކަމަށާއި، ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީގެ އިތުރުން، ތަޢުލީމީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް މެދުކެނޑުމެއް ނެތި ކުރިއަށް އެބަގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ދާއިރާގެ މުވައްޒަފުން ވަޒީފާގައި ހަރުލެއްވުމަށްވެސް، އެކަށީގެންވާ މަސައްކަތްތަކެއް އެބަ ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު