އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ އޭނާގެ ފިރިމީހާ މާވިން އެސް. ވައި ވާރގަސްއާއި، މާވިންއާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް ބުނާ އައިޖީއެމްއެޗްގައި މަސައްކަތް ކުރި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށެވެ.
ހަލީމަތު ލަމްހާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ.
އާދީއްތަ ދުވަހަށް ތާވަލުކޮށްފައިވަނީ މާވިންގެ މައްޗަށް އުފުލާފައިވާ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
މިއަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:30 އަށެވެ.
އެންމެ ފަހުން ބޭއްވި މި މައްސަލަތަކުގެ އަޑުއެހުމުގައި 3 ހެތްކެއްގެ ހެކިބަސް ނަގާފައިވެއެވެ. އެންމެ ފުރަތަމަ ހާޒިރުކޮށްފައިވަނީ މި މައްސަލައިގެ ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓު ތައްޔާރުކުރި އޮފިސަރެވެ. ދެވަނަ ހެއްކެއްގެ ގޮތުގައި ހާޒިރުކުރީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ފަރާތެކެވެ. އޭނާއަކީ ލަމްހާގެ އެކުވެރިއެކެވެ. މީގެ އިތުރުން އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރެއްގެ ހެކިބަސްވެސް މި އަޑުއެހުމުގައި ނަގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު