ޔޫކްރޭންގައި ކުރާ ހަނގުރާމައާ ގުޅިގެން މުއްސަނދި ހަތް ގައުމުން ރަޝިއާއާއި ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާން ކުރުމުން ބައިޑަންގެ ސަރުކާރުން، ރަޝިޔާއަށް ގިނަ އަދަދެއްގެ ކޮންސިއުމަރ މުދާ އެކްސްޕޯޓްކުރުން ހުއްޓާލައި ވިޔަފާރީގެ ކަޅު ލިސްޓަށް 71 ކުންފުންޏެއް އިތުރުކޮށްފިއެވެ.
ރަޝިޔާއަށް އާ ހުރަސްތަކެއް އަމާޒުކޮށްފައިވަނީ ރަޝިޔާގެ އަސްކަރިއްޔާއަށް އެހީތެރިވުމަށް ބޭނުންކުރެވޭނެ ތަކެތި ކަމަށާއި އޭގެ ތެރޭގައި ދުވަހުން ދުވަހަށް ބޭނުންކުރާ ތަކެތި ކަމަށްވާ އަންނައުނު ހިއްކާ މެޝިނާއި ސްނޯ ޕްލޯ އަދި ކިރު މެޝިންތައް ހިމެނެއެވެ.
"މިހާރު ކޮންޓެކްޓް ލެންސް އަދި އަވިއައިނު ވެސް ޝިޕް ނުކުރެވޭނެ،" އާ ގަވާއިދުތައް މުރާޖައާ ކުރައްވަމުން ކޮމާސްގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ވޮޝިންޓަންގެ ވަކީލު ކެވިން ވޯލްފް ވިދާޅުވިއެވެ. ވޯލްފް ވިދާޅުވީ "ރަޝިޔާއަށް އެކްސްޕޯޓް ކުރުމަށް ކޮންޓްރޯލް ނުކުރެވޭ ތަކެތި ސިފަކުރުން މާ ފަސޭހަވާނެ" ކަމަށެވެ.
ބްލެކްލިސްޓް ކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ރަޝިޔާގެ 69 ކުންފުންޏެއް ހިމެނޭއިރު، އޭގެ ތެރޭގައި އަރްމީނިއާގެ ކުންފުންޏަކާއި ކިރްގިސްތާނުގެ ކުންފުންޏެއް ވެސް ހިމެނެއެވެ.
އަމާޒުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ރަޝިޔާގެ މަތިންދާބޯޓު މަރާމާތުކުރުމާއި ބޯޓުގެ ބައިތައް އުފައްދާ ޕްލާންޓްތަކާއި ބަޑި ބޭހާއި، ޓްރެކްޓަރާއި ކާރު އުފައްދާ ފެކްޓްރީތަކާއި ޝިޕްޔާޑްތަކާއި އިންޖިނިއަރިން ސެންޓަރުތައް ހިމެނެއެވެ.
މި އަމަލުތަކަކީ ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން އެމެރިކާއާއި އެހެން ޤައުމުތަކުން އެންމެ ފަހުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެކްސްޕޯޓް ކޮންޓްރޯލްކުރުމުގެ ބައެކެވެ. އެއީ ރަޝިޔާގެ ސިނާއީ އަދި ހަނގުރާމަ ދެމެހެއްޓުމުގެ ގާބިލްކަން ދަށްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ.
އެމެރިކާއާއި އިތުރު 37 ގައުމެއްގެ ކޯލިޝަނަކުން ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭނަށް ރަޝިޔާއިން ހަމަލާދިން ފަހުން މީގެ ކުރިން ނުފެންނަ ވަރުގެ އެކްސްޕޯޓް ކޮންޓްރޯލްތަކެއް އަޅާފައެވެ.
މި އާ ފިޔަވަޅުތައް އައީ އެމެރިކާ އާއި "ގްރޫޕް އޮފް ސެވަން" ގެ ބޮޑެތި އިގްތިސާދުތަކުގެ އެހެން ގައުމުތަކުން ޖަޕާނުގައި ބޭއްވި ބައްދަލުވުމުގައި ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމަށް އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ ހަފްތާގައި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެކްސްޕޯޓް ކޮންޓްރޯލްތަކާ ހިލާފަށް އެމެރިކާގެ މަތިންދާބޯޓުގެ ބައިތަކާއި ކޮމްޕޯނެންޓްތައް ރަޝިޔާގެ އެއާލައިންތަކަށް ފޮނުވި ކަމަށް ބުނެ ފްލޮރިޑާގައި ދިރިއުޅޭ ރަޝިޔާގެ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެ މީހުން ބުނި ގޮތުގައި އެ މުދަލަކީ ތުރުކީގެ ކަސްޓަމަރުންގެ މުދާތަކެއް ކަމަށެވެ. ރަޝިއާ މެދުވެރިކޮށް އެ ތަކެތި ޓްރާންސްޝިޓް ކުރަން މަސައްކަތް ކުރީ ކަމަށް އެމީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު