ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގައި މިއަދު ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތެއް ނެތްކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ ސަރުކާރުން އއ. ބޮޑުފޮޅުދޫގެ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރައްވަމުންނެވެ.



މަހްލޫފް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައީސް ސާލިހު ތަރައްގީކުރައްވަމުން ގެންދަވާ ކުޅިވަރު ވަސީލަތްތަކުގެ ތެރެއިން 50 ވަނަ ދަނޑު ވަރަށް އަވަހަށް ނިމޭނެކަމަށެވެ. މަހްލޫފް ވިދާޅުވީ މީގެކުރީގެ ސަރުކާރުތަކުން އެއްވެސް ވަރަކަށް ބޮޑު ޓާފް ދަނޑު ތަރައްޤީކޮށްފައި ނުވާކަމަށެވެ.

"މީގެކުރީގެ ސަރުކާރުތަކުން ތަރައްގީކޮށްދިން ބޮޑު ޓާފް ދަނޑުގެ އަދަދަކީ 0." މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ މިއަދު ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތްކަމަށާއި މަޑުޖެހިފައިވާ ރަށްރަށުގެ މަސައްކަތްވެސް ކޮންޓްރެކްޓަރުންނަށް އިތުރަށް ބާރު އަޅައިގެން އަވަސް ކުރެވޭތޯ ދަނީ މަސައްކަތްކުރަމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު