ޓައިވާނަށް ސަފީރަކު ކަނޑައެޅުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވި މައްސަލާގައި ދިވެހި ސަރުކާރުން ޗައިނާގެ ކިބައިން މާފަށް އެދިފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެންގް ލިޒިން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއާ ހާރިޖީ ގުޅުން ނެތް އަދި މިނިވަން ގައުމެއްގެ ގޮތުގައި ނުދެކޭ ޓައިވާނަށް ސަފީރެއް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވި މައްސަލައާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެންގް ލިޒިން ވިދާޅުވީ އެކަން ހިނގި ގޮތް ރާއްޖޭގެ ފޮރިން މިނިސްޓްރީން ޗައިނާގެ އޮފިޝަލުންނަށް ތަފުސީލުކޮށްދީ، މައާފަށް އެދިފައިވާ ކަމަށެވެ. އަދި ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ޒަމާނީ ގުޅުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.



ޓައިވާނަކީ ޗައިނާގެ މައި ސަރުކާރާ ވަކިން އަމިއްލަ ދައުލަތެއް ކަމަށް ދައުވާ ކުރާ ގައުމެކެވެ. ރާއްޖެއިން ޒަމާނުއްސުރެ އަންނަނީ ޗައިނާގެ 'ވަން ޗައިނާ ޕޮލިސީ'އަށް ތާއީދުކޮށް ދުނިޔޭގައި އޮންނަނީ އެއް ޗައިނާ ކަމަށް ބުނަމުންނެެވެ.

ނަމަވެސް، މިދިޔަ ހަފުތާގެ ތެރޭގައި ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވަނީ ރާއްޖެއިން 'ރިޕަބްލިކް އޮފް ޗައިނާ' ނުވަތަ ޓައިވާނަށް ސަފީރަކު އައްޔަނުކުރުމަށް ހުށައަޅުއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސިޓީއަކީ ޗައިނާއަށް ނުވަތަ 'ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ" އަށް ރާއްޖެއިން މިހާރު ކަނޑައަޅާފައި ހުންނެވި

ސަފީރުގެ ބަދަލުގައި އެހެން ބޭފުޅަކު ހަމަޖެއްސުމަށް މަޖިލީހަށް ފޮނުއްވި ސިޓީއެެކެވެ.

އެހެންކަމުން މިސިޓީގައި ޓައިވާނަށް ސަފީރަކު އައްޔަނު ކުރުމަށް ކަމަށް ލިޔެވިފައި ވަނީ އޮޅުމަކުން ކަމުގައި ގަބޫލު ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު