ރައީސް ޔާމީނަށް އިންސާފު ނުލިބި ލަސް ވެގެން ދިއުމަކީ، ދެރަވަރު ކަމެއް ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެހުކުމް އިސްތިއުނާފު ކުރެއްވި މައްސަލައިގެ އަޑުއެހުމެއް މި ހަފްތާގެ ބުދަ ދުވަހަށް ހައިކޯޓުގައި ވަނީ ތާވަލްކޮށްފައެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޑރ. ޝަހީމް ވިދާޅުވީ، ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން "އުފުރާލުމަށްފަހު" ޢަދުލު އިންސާފު ރަނގަޅުވި ވާހަކަ މި ސަރުކާރުން ދައްކަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީނުގެ އިސްތިޢުނާފު ޝަރީޢަތް ހިފެހެއްޓިފައިވާ ސަބަބު އޮޅުން ނުފިލާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
"ރައީސް ޔާމީނަށް އިންސާފު ނުލިބި ލަސްވެގެން ދިއުމަކީ ދެރަވަރު ކަމެއް. ޝަރީޢަތް އަވަސް ކުރަށްވާ." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ އިސްތިއުނާފީ ޝަރީޢަތުގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މާޗު މަހުގެ 5 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޯވިޑް-19 ގެ ޙާލަތު ގޯސްވުމާއި ގުޅިގެން ހައިކޯޓުގެ އަޑުއެހުންތައް މެދުކަނޑައިލިއެވެ. އެއަށްފަހު ރައީސް ޔާމީނުގެ ޝަރީޢަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ރައީސް ޔާމީނުގެ އިސްތިއުނާފު ޝަރީޢަތް އަވަސްކުރުމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވެސް ވަނީ ގޮވާލައްވާފައެވެ. އަދި އިދިކޮޅު ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި ރައީސް ޔާމީނުގެ ޝަރީޢަތް ހައިކޯޓުގައި ބޭއްވުން ލަސްވެފައިވަނީ ކޯޓުތަކަށް ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނުފޫޒު ފޯރުއްވާތީއެވެ.
ރައީސް ޔާމީނުގެ މައްޗަށް ދަށު ކޯޓުން މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި 5 އަހަރު ދުވަހަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން މިހާރު ވަނީ އިތުރު މަނީ ލޯންޑްރިންގެ ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް އަދި ތާވަލް ކޮށްފައެއް ނުވެއެވެ. ރައީސް ޔާމީން މިވަގުތު ހުންނެވީ ހުކުމް ތަންފީޒް ކުރުމަށް މާފުށީ ޖަލުގައެވެ.

ސްޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން އުފުރާލުމަށް ފަހު، ޢަދުލު އިންސާފު ރަނގަޅުވި ވާހަކަ ދައްކަވާއިރު، ރައީސް ޔަމީންގެ އިސްތިއުނާފު ޝަރީޢަތް ހިފެހެއްޓިފައިވަނީ ކޮން ސަބަބަކާ ހުރެތޯ؟ ރައީސް ޔާމީނަށް އިންޞާފު ނުލިބި ލަސް ވެގެން ދިއުމަކީ ދެރަވަރު ކަމެއް! ޝަރީޢަތް އަވަސްކުރައްވާށެ! pic.twitter.com/83KkEv7Lxx
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 5, 2020
ރައީސް ޔާމީންގެ އިސްތިއުނާފީ ޝަރީޢަތުގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މާޗު މަހުގެ 5 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޯވިޑް-19 ގެ ޙާލަތު ގޯސްވުމާއި ގުޅިގެން ހައިކޯޓުގެ އަޑުއެހުންތައް މެދުކަނޑައިލިއެވެ. އެއަށްފަހު ރައީސް ޔާމީނުގެ ޝަރީޢަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ރައީސް ޔާމީނުގެ އިސްތިއުނާފު ޝަރީޢަތް އަވަސްކުރުމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވެސް ވަނީ ގޮވާލައްވާފައެވެ. އަދި އިދިކޮޅު ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި ރައީސް ޔާމީނުގެ ޝަރީޢަތް ހައިކޯޓުގައި ބޭއްވުން ލަސްވެފައިވަނީ ކޯޓުތަކަށް ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނުފޫޒު ފޯރުއްވާތީއެވެ.
ރައީސް ޔާމީނުގެ މައްޗަށް ދަށު ކޯޓުން މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި 5 އަހަރު ދުވަހަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން މިހާރު ވަނީ އިތުރު މަނީ ލޯންޑްރިންގެ ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް އަދި ތާވަލް ކޮށްފައެއް ނުވެއެވެ. ރައީސް ޔާމީން މިވަގުތު ހުންނެވީ ހުކުމް ތަންފީޒް ކުރުމަށް މާފުށީ ޖަލުގައެވެ.
ކިޔުންތެރިންގެ ހިޔާލު