ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީން ދަނީ ރިޔާސީ އިންތިހާބަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ވަރަށް ވަރުގަދައަށް ކުރަމުންނެވެ، އެގޮތުން އެކި ދާއިރާތަކުން ކަމުއޮށިގެންވާ ބޭފުޅުން ޕާޓީއަށް ސޮއިކުރަމުންދާތާ ދުވަސްތަކެއްވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއާ އެންމެފަހުން ގުޅިވަޑައިގަތް ފާހަގަކޮށްލެވޭ ބޭފުޅަކީ ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމެވެ.

ހައިލަމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށްފަހު އޭނާގެ ފޯމް ހަވާލުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއެވެ.



ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ފޯރިއާއެކު ކުރިއަށްދާއިރު ޕާޓީގެ ރިޔާސީ ޓިކެޓް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ހަވާލުކުރުން އަންނަ ޖޫން މަހުގެ 9 ގައި ބާއްވަން މިހާރު ވަނީ ނިންމާފައެވެ. އަދި ރަސްމީކޮށް ރިޔާސީ ކެމްޕޭން ފެށުން ވެސް އެރޭ އޮންނާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން