ހދ. މަކުނުދޫގައި މީހުން ދިރިއުޅޭ ގެއެއްގައި މިރޭ އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހދ.މަކުނުދޫ، އަލްފާ ގޭގައި ކަމަށާއި އެ ހާދިސާގެ މަޢުލޫމާތު ލިބުނީ މިރޭ 20:31 ހާއިރު ކަމަށެވެ. ރަށު ކައުންސިލާއި ރައްޔިތުންނާއެކު އެ ރަށުގައި މަސައްކަތް ކުރާ ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ކުރި މަސައްކަތުން އަލިފާން ގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެެވެ.



އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި އަލިފާން ރޯވެފައިވަނީ އެ ގޭގައި ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން އައި ބައެއްގައެވެ. ގުދަނާ އިންވެގެން އެ ގޭގެ ބަދިގެ ހުންނައިރު، މީހުން ދިރިއުޅޭ ބައި ހުންނަނީ ވަކިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހަދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެެއް ނުވެއެވެ. މި އަލިފާނު ހާދިސާގައި ގުދަނަށާއި ބަދިގެއަށް ވަނީ ވަރަށް ބޮޑު ގެއްލުން ލިބިފައެވެ. މި ހާދިސާ އާއި ގުޅިގެން އެ ގޭގައި ދިރިއުޅުނު މީހުން އެހެން ގޭގެއަށް ވަގުތީ ގޮތުން މިހާރު ބަދަލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން