ބަޔަކު މީހުން އޮޅުވާލައިގެން އެމްޑީޕީގެ ހީވާގި ޒުވާނުންތަކެއްގެ މުސްތަޤްބަލް ނަގާލަމުންދާ ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އަލީ ނިޒާރު މިހެން އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ސިޔާސީ މަޤާމުތަކުގައި ތިބި ބައެއް މީހުން ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީއަަށް ސޮއިކުރުމުން އެމީހުން މަޤާމުތަކުން ވަކިކުރަމުންދާ މައްސަލައިގައި ނަޝީދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މަޤާމުތަކުން މީހުން ވަކިކުރުމަކީ ޤައުމަށް ދެވޭ ގެއްލުމެއްކަމަށެވެ.
ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން އަލީ ނިޒާރު ވިދާޅުވީ ޑިމޮކްރަސީގެ އެންމެ މުހިއްމު އެއް ސިފައަކީ އިންސާފުވެރި އިންތިހާބުތަކުގެ ނަތީޖާ ޤަބޫލުކޮށް، ބަލި ޤަބޫލުކުރުންކަމަށެވެ.
ނިޒާރު ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ ހީވާގި މަދު ޒުވާނުންކޮޅެއްގެ މުސްތަޤްބަލް އޮޅުވާލުމެއްގެ ތެެރެއިން ނަގާލުމަކީ އެ ކުދިންނަށް ދެވޭ ބޮޑު އަނިޔާއެއްކަމަށެވެ. އަދި އެކަމުގެ ޒިންމާ ރައީސް ނަޝީދު ނަންގަވަންޖެހޭކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެމްޑީޕީގެ ސްލޮޓްތަކުގައި ސިޔާސީ މަޤާމުތަކަށް އައްޔަންކޮށްފައިވާ ބޭފުޅުންގެ ތެރެއިން ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކުރާ މެމްބަރުން މަޤާމުން ވަކިކުރަނީ އެމްޑީޕީން އެދިގެންކަމަށެވެ. އަދި ޕާޓީން އެ ގޮތަށް އެދިފައިވަނީ އެ ބޭފުޅުންނަކީ އެމްޑީޕީގެ މެމްބަރުންނަށް މިހާރު ނުވާތީކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އެމްޑީޕީން ވަކިވި ބަޔަކު އުފައްދާ ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުންނާއި ކުންފުނިތަކުގެ ޗެއަރމަނުންނާއި ސިޔާސީ އެހެން ބައެއް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ނަމަވެސް މިހާތަނަށް އައިއިރު މަޤާމުން ވަކިކޮށްފައިވަނީ ކިތައް ބޭފުޅުންކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.
މިދިޔަ ބުދަދުވަހު ނަޝީދުގެ ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުމުން ޑިމޮކްރެޓްސް ޕާޓީން އަންނަނީ ޕާޓީ އުފެއްދުމަށް ބޭނުންވާ މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Democracy ge emme muhimmu eh sifa akee Insaafu veri Inthihaab thakuge natheejaa gabool koh bali gabool kurun. MDP ah nisbai vaa heevaagi madhu zuvaan kolhei ge musthagubal olhuvaalumei ge there in nagaalumakee e kudhin nah dhevey bodu aniyaa eh. Raees e Zimmaa nangavaa. https://t.co/zUyY50w6hc
— Ali Nizar (@DhekunuNizar) May 28, 2023
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެމްޑީޕީގެ ސްލޮޓްތަކުގައި ސިޔާސީ މަޤާމުތަކަށް އައްޔަންކޮށްފައިވާ ބޭފުޅުންގެ ތެރެއިން ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކުރާ މެމްބަރުން މަޤާމުން ވަކިކުރަނީ އެމްޑީޕީން އެދިގެންކަމަށެވެ. އަދި ޕާޓީން އެ ގޮތަށް އެދިފައިވަނީ އެ ބޭފުޅުންނަކީ އެމްޑީޕީގެ މެމްބަރުންނަށް މިހާރު ނުވާތީކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އެމްޑީޕީން ވަކިވި ބަޔަކު އުފައްދާ ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުންނާއި ކުންފުނިތަކުގެ ޗެއަރމަނުންނާއި ސިޔާސީ އެހެން ބައެއް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ނަމަވެސް މިހާތަނަށް އައިއިރު މަޤާމުން ވަކިކޮށްފައިވަނީ ކިތައް ބޭފުޅުންކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.
މިދިޔަ ބުދަދުވަހު ނަޝީދުގެ ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުމުން ޑިމޮކްރެޓްސް ޕާޓީން އަންނަނީ ޕާޓީ އުފެއްދުމަށް ބޭނުންވާ މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު