އެމްޓީސީސީގެ އިލެކްޓްރިކް ވެހިކަލް, އީވީގެ މިނީ ބަސް ޗާޖުކުރާ ސްޓޭޝަނެއް މާލޭގައި ބަހައްޓައިފިއެވެ.
ތެޔޮ އެޅުމުގެ ބަދަލުގައި ކަރަންޓުން ޗާޖުކުރާ އުޅަނދުތައް ޗާޖުކުރަން މާލޭގައި ސްޓޭޝަނެއް ބެހެއްޓި މިއީ ފުރަތަމަ ފަހަރެވެ. މި ޗާޖިން ސްޓޭޝަނަކީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ޖަޕާނުގެ އެމްބަސީ ގުޅިގެން "ކްލައިމެޓް ޕްރޮމިސް" ޕްރޮޖެކްޓްގެ ދަށުން ބެހެއްޓި ސްޓޭޝަނެކެވެ.
މި ސްޓޭޝަން ބަހައްޓާފައިވަނީ މާލޭގައި ހުންނަ ހުޅުމާލެ ފެރި ޓަރމިނަލްގައެވެ. މި ތަން ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.
އެމްޓީސީސީން ބުނީ މާދަމާއިން ފެށިގެން އެތަނުން ބޭނުންކުރަމުންދާނެ ކަމަށެވެ.

We held a ceremony today to mark the inaguration of the first EV Bus Charging Station in Male'. The ceremony was graced by the Minister of Transport and Civil Aviation, her excellency Mrs. @aishath_nahula , Japanese Ambassador to Maldives Mrs. Takeuchi Midori, Resident… pic.twitter.com/CzL3XqIvU1
— MTCC Plc (@MTCCPlc) June 1, 2023
މި ސްޓޭޝަން ބަހައްޓާފައިވަނީ މާލޭގައި ހުންނަ ހުޅުމާލެ ފެރި ޓަރމިނަލްގައެވެ. މި ތަން ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.
އެމްޓީސީސީން ބުނީ މާދަމާއިން ފެށިގެން އެތަނުން ބޭނުންކުރަމުންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު