އަންނަ ހޮނިހިރު ދުވަހަކީ އައްޑޫ ރައްޔިތުންނަށް ތަރައްްގީގެ ގޮތުން އަންނަ ބޮޑު ޢީދެއްކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އަންނަ ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޑޫ ސިޓީއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅަށް އިޝާރާތްކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާ ހޮނިހިރުދުވަހު އައްޑޫ ސިޓީއަށް ފަށްޓަވާ ދަތުރުފުޅުގައި އެ ސިޓީގެ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް އިފްތިތާހުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ ބިން ހިއްކުމާއި އެއަރޕޯޓާއި ފަތުރުވެރިކަމުގެ މަޝްރޫޢުތަކެވެ.
މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވީ ހޮނިހިރުދުވަހަކީ އައްޑޫ ރައްޔިތުން ކުރި ދިގު އިންތިޒާރަށް ނިމުމެއް އައުމުގެ ފުރަތަމަ މަރުހަލާ ރައީސް ސާލިހު ރަސްމީކޮށް ފައްޓަވައިދެއްވާ ދުވަސްކަމަށެވެ.
ޝަރީފް ވިދާޅުވީ އެހެން ޒުވާނުއްނެކޭ އެއްގޮތަށް ބޯހިޔާވަހިކަން އައްޑޫ ޒުވާނުންވެސް ބޭނުންވާކަމަށެވެ. އަދި އައްޑޫގައި ފެެށިގެންދާ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ޒުވާނުންނަށް ބިންވެރިވުމުގެ މަގު ތަނަވަސް ވެގެންދާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މީގެއިތުުރުން ފަޅު ރަށްތައް ހިއްކާ ރިސޯޓްތައް ހެދުމުން ވަޒީފާގެ ފުރުސަޠުތައް ހުޅުވިގެންދާނޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ހޮނިހިރުދުވަހަކީ އައްޑޫ ރައްޔިތުންނަށް އަންނަ ބޮޑު އީދެއް. ރައްޔިތުން އުފަލުން ފޮޅޭނެ ދުވަހެއް." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރައީސް ސާލިހު ފައްޓަވާ މަޝްރޫޢުތައް ނިމި ހިނގައިގަންނަން ފެށުމުން އައްޑު ރައްޔިތުންނަށް އިންގިލާބީ ހޭއޮ ބަދަލެއް އަންނާނެކަމަށެވެ.
"އެއަރޕޯޓާއި ސީޕޯޓް ރަނގަޅަށް ހިންގައިގަނެ، މުޅި ދެކުނުގެ އިގުތިސާދީ ހަބަކަށް ބަދަލު ވެގެންދާނެ." ޝަރީފް ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހޮނިހިރު ދުވަހު ފުރާ ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ޞާލިހުގެ މި ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާ ރައްޔިތުންނާއި ބައްދަލުކުރައްވާ، ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ބައްދަލުކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު