އައްޑޫ ސިޓީގައި ކަތުރަކުން ހަމަލާދީ އެއްބަނޑު އެއްބަފާ ބޭބެ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހުގެރޭ މަރަދޫގައި ދެބެއިންގެ ދެމެދުގައި ހިނގި ޒުވާބެއްގައި ކަތުރަކުން ހަމަލަދިނުމުގެ ސަބަބުން މަރުވީ އައްޑޫ ސިޓީ މަރަދޫފޭދޫ، ބްލޫސްޓާ އަހްމަދު ޝުއައިބު 27އ، އެވެ. މިި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އޭނާގެ ކޮއްކޮ މަރަދޫފޭދޫ ބްލޫސްޓާ، ހުސައިން މަވާޒް 25އ، އެވެ.

ފުލުހުން ބުނީ މައްސަލައިގެ ތުހުމަތުގައި 25 އަހަރުގެ ފިރިހެން މީހާ ހައްޔަރުކުރީ، އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން މިއަދު އަމުރުކޮށްފައިވާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިނގި ޒުވާބެއް ހޫނުވެގެން ހިނގި މާރާމާރީއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން