މުހިިއްމު ކަންކަމުގައި މަޝްވަރާކޮށްގެން ހައްލު ލިބޭނެކަން އަނަންތަރާ ރިސޯޓްގެ މުވައްޒަފުން ދައްކައިދީފިކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ މިހެން ވިދާޅުވީ އަނަންތަރާ ދިގު އަދި އަނަންތަރާ ކިހާވައް ރިސޯޓުގެ މުވައްޒަފުންނާއި މެނޭޖްމަންޓާއި ދެމެދު ބޭއްވި ވާހަކަތަކުން ތުނބުޅި ބެހެއްޓުމުގެ ހުއްދަ މުވައްޒަފުންނަށް ދިނުމަށް ނިންމުމާއި ގުޅިގެނެވެ.

މިކަމާއި ގުޅޭގޮތުން ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ މުހިއްމު ކަންކަމުގައި ވާހަކަ ދައްކައިގެން ހައްލު ލިބޭނެކަން ސާބިތުކޮށްދިނީތީ އަނަންތަރާގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް މަރުހަބާ ވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވީ މިފަދަ ކަންކަމުގައި މުވައްޒަފުންނާއި ވަޒީފާދޭ ފަރާތްތަކުން ބާއްވާ މަޝްވަރާތަކަށް ޤާނޫނީ ބާރު ހޯދައިދިނުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު މަޖިލީހުން އަވަހަށް ފާސްކޮށްފިނަމަ، ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށެވެ.



ފައްޔާޒް ވިދާޅުވީ އެހެން ރިސޯޓްތަކުންވެސް ތުނބުޅިއާ ގުޅޭގޮތުން މުވައްޒަފުން ފާހަގަކުރާ ކަންކަން އަޑުއަހައި، އެކަމަށް ހުއްދަ ދޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

ރާއްޖޭގެ ގިނަ ރިސޯޓްތަކުގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ މަސައްކަތުގައި އުޅޭ ސްޓާފުން ތުނބުޅި ބެހެއްޓުމަކީ މަނާކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން