ޗާގޯސް މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ އެއްވުމުގައި ޤާނޫނާއި ހިލާފު ކަންތައްތައް ހިންގުމަށް ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ބުނީ މިރޭ ކުރިއަށްގެންދިއުމަށް ތައްޔާރުވަމުންދާ ހަރަކާތުގައި ބައިވެރިވުމަށް އަތޮޅު ތެރެއިން މީހުން އަންނަކަމަށާއި މި ހަރަކާތުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ޤާނޫނާއި ހިލާފު އަމަލުތައް ހިންގުމަށް ރާވަމުންދާކަމުގެ މައުލޫމާތާއި ޤާނޫނާއި ހިލާފު އަމަލުތައް ހިންގާނެކަމަށް ބުނަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.



ފުލުހުންގެ ބަޔާނުގައި ވަނީ އިދިކޮޅުން ބާއްވާ ހަރަކާތުގައި އާއްމު ސުލްހައަށް ބުރޫ އަރާނެ އެއްވެސްކަމެއް ނުކުރުމަށާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކުރިއަށް ގެންދިއުމަށާއި ޤާނޫނާއި ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ ޤާނޫނާއި އެއްގޮތަށް ސުލްހަވެރިކަމާއެކު ހިންގާ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، ހަރަކާތް ހިންގާ ތަނަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުމަކީ ފުލުހުން އިސްކަންދީގެން ކުރާނެ މަސައްކަތެއްކަމަށެވެ.

މިރޭ އާޓިފިޝަލް ބީޗުގައި އޮންނަ އެއްވުމުގައި އިދިކޮޅު ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ ފިޔަވައި އެހެން ޕާޓީތަކުން ބައިވެރިވެެއެވެ. އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރާ ފަޜާތްތަކުން އެއްވުމުގައި ބައިވެރިވާން ވަނީ ނިންމާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން