ޖަލުތައް ބަލަހައްޓާ އޮފިސަރުންނާއި މުވައްޒަފުންގެ ފޮޓޯއާއި މަޢުލޫމާތު ސޯޝަލް މީޑިއާގައި އާއްމުކޮށް، ބިރުދެއްކުމާއި އިންޒާރުދިނުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

ކަރެކްޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށްއައިސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ މަޢުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކޮށް، ސައްޙަނޫން ތުޙުމަތުތަކާއެކު ބަދުނާމުކުރާ ފަދަ އިބާރާތްތައް ބޭނުންކޮށް، ބިރުދައްކައި އިންޒާރުދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.



ކަރެކްޝަނުން ބުނީ ސައްހަނޫން މިފަދަ މަޢުލޫމާތު ފެތުރުމުގެ ސަބަބުން އޮފިސަރުންނާއި މުވައްޒަފުންގެ ޤާނޫނީ މަސްއޫލިއްޔަތާއި، ވާޖިބުތައް އަދާކުރުމުގެގޮތުން ކުރާ މަސައްކަތާމެދު އާއްމުންގެ މެދުގައި ނަފްރަތު އުފެދޭކަމަށެވެ.

ކަރެކްޝަނުން ބުނީ މިފަދަ ޢަމަލުތަކުގެ ސަބަބުން ކަރެކްޝަންގެ އޮފިސަރުންނާއި މުވައްޒަފުންނަށް ނުރައްކާތެރިކަން އިޚްސާސްކުރެވޭކަމަށާއި، މިއީ ކަންބޮޑުވުމެއްކަމަށެވެ. އަދި މިފަދަ ޢަމަލުތައް ތަކުރާރުވަމުންދާނަމަ އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން