މާލެއިން ރަސްގެތީމަށް ދަތުރުކުރި ދޯންޏެއްގެ އިންޖީނުގައި ރޯވެގެން އެމްއެެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ މާލެއިން ފުރައިގެން ރ.ރަސްގެތީމަށް ދަތުރުކުރި "ހޮރައިޒިއާ 2" ނަމަކަށް ކިޔާ ބޯޓެއްގެ އިންޖީން ރޫމްގައިކަމަށެވެ. އަދި އަލިފާން ރޯވެގެން އެމްއެެންޑީއެފް ކޯސްޓްގާޑް މެރިޓައިން ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އިން ހަރަކާތްތެރިވާން ފަށާފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ބޯޓްގައި އަލިފާން ރޯވެފައި ވަނީ ބ.އަތޮޅު ފޯ ސީޒަން ރިސޯޓް (ލަނޑާ ގިރާވަރު) އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުންނެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 19:16 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން