މާލެއިން ފުރައިގެން ރ.ރަސްގެތީމަށް ދަތުރުކުރަނިކޮށް އަލިފާން ރޯވި "ހޮރައިޒިއާ 2" ނަމަކަށް ކިޔާ ބޯޓުގައި ތިބި މީހުން ބ. ކަމަދޫއަށް ގެންގޮސްފިއެވެ.

މިރޭ 19:16 ހާއިރު ހިނގި މި ހާދިސާގައި ބޯޓުގައި އަލިފާން ރޯވީ ބ.އަތޮޅު ފޯ ސީޒަން ރިސޯޓް (ލަނޑާ ގިރާވަރު) އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުންނެވެ.

އެމްއެންޑީއެފްއިން ބުނީ "ހޮރައިޒިއާ 2" ގައި އެވަގުތު ތިބީ 10 މީހުންކަމަށެވެ. އަދި އެ މީހުން ފޯ ސީޒަން ރިސޯޓް ލޯންޗެއްގައި މިރޭ 20:25 ހާއިރު ވަނީ، ބ.ކަމަދޫއަށް ގެންދެވިފައިކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ. އަދި އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ބޯޓުގައި ރޯވި އަލިފާން މިހާރު ވަނީ ނިއްވާލާފައެވެ.

އެމްއެންޑީއެފުން ވަނީ މިހާދިސާގައި އެމްއެންޑީއެފްގެ އެދުމަކަށް ލަނޑާގިރާވަރު ރިސޯޓުން ދިން އަވަސް އެހީތެރިކަމަށްޓަކައި އެ ރިސޯޓުގެ މެނޭޖްމަންޓަށް ޝުކުރު އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން