ޗާގޯސް ނުވަތަ ފޯޅަވައްސަކީ ފެެށުނީސްސުރެ ދިވެހިންގެ ތަނެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ހިނގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ސިޔާސީ ޕާޓީތަކާ ގުޅިގެން ހަދާފައިވާ ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ފޯޅަވައްސަކީ ގުދުރަތީގޮތުން ފެށުނީސްސުރެ ދިވެހިންގެ ތަނެއް ކަމަށާއި އެކަމުގެ ހެއްކާއި ދަލީލު އެބަހުރި ކަމަށެވެ. އެގޮތުން ފޯޅަވަހި އޮންނަނީ ދިވެހިރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައި އޮތް އަށިމަތީގައި ކަމަށް އަދުރޭ ވިދާޅުވިއެވެެ. ރާއްޖެ އެއްކޮޅުން ފެށޭނީ މަލިކުން ކަމަށާއި އަނެއްކޮޅުން ފެށޭނީ ފޯޅަވަހިން ކަމަށް އޭނާ ވިދާޅުވިއެވެެ.

"އެހެންވީމަ އަޅުގަނޑުމެންނަށް މިއެނގެނީ ރާއްޖޭގެ ގޯތީ ތެރޭގައި އޮތްތަނެއް ކަން ފޯޅަވައްސަކީ. އެހެންވީމަ ފޯޅަވަހި ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަންވީ ފޯޅަވަހި ހޯދީމައި އެ އޮތީ ކަނޑު ލިބިފައި." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ކަނޑުގެ މައްސަލައިގައި ރާއްޖޭގެ މިނިވަންކަމަށް ގެއްލުންވާ ގޮތަށް މި ސަރުކާރުން އަމަލު ކޮށްފައިވާ ކަމަށާއި ސިޔާސީ ފިކުރު އެއްކިބާކޮށް ހުރިހާ ޕާޓީތައް އެކުގައި ނިކުމެ ތިބީ އެހެންވެގެންކަމަށެވެ. ޗާގޯސް އަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށާއި އެތަން "ވިއްކާލުމަކީ" ސަރުކާރުގެ ވެރިން ގައުމަށްވީ ބޮޑު ހިޔާނާތެއް ކަމަށް އަބުދުއްރަހީމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން