އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބުން ބަލިކުރަން ފަސޭހަނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އިއްތިފާގުވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ، ޗާގޯސް ކަނޑުގެ މައްސަަލައިގައި އުފައްދާފައިވާ އިދިކޮޅު އިއްތިހާދުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ޕާޓީތައް ގުޅިގެން ރައީސް ސާލިޙުގެ ވެރިކަން ނިމުމަކަށް ގެންނަން މަސައްކަތް ކުރާނެ ކަމަށް އެޕާޓީތަކުގެ އިސްބޭފުޅުން ހާމަކުރެއްވުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ ވެރިކަން ބަދަލުކުރަން އެންމެން ގުޅިގެން ނެރޭނީ ކޮން ޕާޓީއެއްގެ ކޮން ކެންޑިޓޭޑެއް ކަމަށް އިދިކޮޅު ފަރާތްތަކަށް ބުނެ ނުދެވޭ ކަމަށެވެ. އަދި ރައީސް ޞާލިހު އިންތިޚާބުން ބަލިކުރަން ފަސޭހަނުވާނެ ކަން އިދިކޮޅުގެ އެންމެން އިއްތިފާގުވާ ކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ ސިޔާސީ ޚިޔާލު ތަފާތުވުމެއް ނެތް ކަމަށާއި އެންމެން ވެސް ބޭނުމީ ވެރިކަން ކަމަށެވެ. އަދި އެކަން ވަރަށް ރީއްޗަށް އެނގޭ ކަމަށް މޫސަ ވިދާޅުވިއެވެ.

"ކޮންމެ 5 އަހަރަކުން ވެރިކަމަށް ދަހިވެތިވެ އެންމެން އެއްގަލަކަށް އަރާނެ، ވެރިކަން ފެށި ދުވަސްކޮޅެއް ވާއިރަށް އެކަކު އަނެކަކަށް ވަގަށް ގޮވާފައި ވަކިވާނެ." މަޖިލީހުގެ ކުރީގެ ނާއިބް ރައީސްކަން ކުރެއްވި މޫސަ ވިދާޅުވިއެވެ.

ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ސަރުކާރާއި ދެކޮޅު ފަރާތްތަކުން މިއަދު ތިބީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެެވެ. އެގޮތުން ގުޅިގެން ކުރާ މަސައްކަތުން މި ސަރުކާރު ބަލިކުރާނެ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވެސް ވިދާޅުވީ އިދިކޮޅު ފަރާތްތައް ގުޅިގެން މި ސަރުކާރު ނިމުމަކަށް ގެންނާނެ ކަމަށެވެ. އަދި މިހާރު އުފައްދަން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާހަކަ ދެއްކެވި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވެސް މި ސަރުކާރު ނިމުމަކަށް ގެެންނަން އިދިކޮޅު ހުރިހާ ފަރާތްތަަކަށް އެއްބަސްވެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން