ޖޯޑަންގެ ރަސްގެފާނު ޢަބްދު ﷲގެ ދޮށީ ދަރިކަލުން ޕްރިންސް ހުސެއިން ބުން ޢަބްދު ﷲ އުމުރުފުޅުން 28 އަހަރުގައި ކައިވެނި ބައްލަވައިގެންފިއެވެ.
ޖޯޑަންގެ ވަލީއަހުދު ދެވަނަ ކައިވެނި ބައްލަވައިގެންފައިވަނީ އެމަނިކުފާނަށްވުރެ އުމުރުފުޅުން އެއްއަހަރު ދޮށީ، އުމުރުފުޅުން 29 އަހަރުގެ ރަޖްވާ އަލްސެފްއާއިއެވެ.
ޕްރުންސެސް ރަޖްވާ އަކީ ސައުދީގެ ވަލީއަހުދު ސަލްމާނުލް ފާރިސީއާއި އާއިލީގޮތުން ގުޅުން އޮންނަ ސައުދީގެ މުއްސަނދި ވިޔަފާރިވެރި އާއިލާއަކަށް ނިސްބަތްވާ ކަނބަލެކެވެ. މިކަމަނާއާއި ސަލްމާނުލް ފާރިސީއާއި ގުޅެނީ ރަސްގެފާނުގެ މައިފުށުގެ އާއިލާއިންނެވެ.
އާކިޓެކްޓެކްޗަރ ދާއިރާއިން ތަޢުލީމު ޙާޞިލްކުރައްވާފައިވާ ޕްރިންސެސް ރަޖްވާ ތަޢުލީމު ޙާޞިލްކުރައްވާފައިވަނީ އެމެރިކާގެ ނިއުޔޯކުގެ ސައިރަކޯސް ޔުނިވަރސިޓީއިންނެވެ.
ހުސްވި ހަފުތާ ނިމެމުން ދަނިކޮށް ބޭއްވި މިދެބޭފުޅުންގެ ކައިވެނި ހަފްލާއަށް ދުނިޔޭގެ އެކިކަންކޮޅުތަކުގެ ވެރިންނާއި އިއްޒަތްތެރިން ވަޑައިގެންނެވިއެވެ. މީގެ ތެރޭގައި އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމްއާއި އަނބިކަނބަލުން ކޭޓް އަދި އިނގިރޭސިވިލާތުގެ ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޖޯޑަންގެ ރަސްގެފާނު ޢަބްދު ﷲ ގެ ހަތަރު ބޭފުޅުން ތިއްބަވައެވެ. މީގެތެރެއިން ދެން ރަސްކަން ވާރުތަވަނީ އުމުރުފުޅުން އެންމެ ދޮށީ ބޭފުޅާކަމުގައިވާ ޕްރިންސް ހުސެއިންއަށެވެ. ޕްރިންސް ހުސައިންގެ އިތުރުން ދެން ތިއްބަވަނީ 18 އަހަރުގެ ހުޝާމް ބުން ޢަބްދު ﷲ އާއި 26 އަހަރުގެ އީމާން ބުން ޢަބްދު ﷲ އަދި 22 އަހަރުގެ ސަލްމާ ބިންތި ޢަބްދު ﷲ އެވެ.
ކިންގް ޢަބްދު ﷲ ގެ އާއިލާއިން ޖޯޑަންގައި ވެރިކަން ކުރައްވަމުން ގެންދަވަނީ 1921 ވަނަ އަހަރުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު