ދެކޮޅުވެރިންނާއެކު އިސްލާހީ މަސައްކަތް ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ އާއީ، އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދުގެ "ދަ ޑިމޮކްރެޓްސް" އަދި އެމްއެންޕީ ގުޅިގެން އިއްތިހާދެއްގެ ގޮތަށް މަސައްކަތް ކުރަން ފަށާފައިވަނިކޮށެވެ.

ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ ބައެއް ކަންކަމުގައި ހިޔާލު ތަފާތުވުމުގެ ސަބަބުން ގާތް އެކުވެރިންނާއެކު މަސައްކަތް ނުކުރެވޭ ބޭފުޅުން ދުރު އަދި ދެކޮޅުވެރިންނާއެކު ހެޔޮ އިސްލާހީ މަސައްކަތެއް ކުރެވޭނެ ކަމަށް ގަބޫލުކުރެވޭ އެއްވެސް ހަމައެއް ދުނިޔޭގައި ނޯންނާނެ ކަމަށެވެ.



ޗާގޮސް މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕިއެމް އިސްވެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަން އުފައްދާފައިވާ އިއްތިހާދުގައި ހިމެނޭ މަޖިލީހުގެ މެމްބަރުން ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ހާރިޖީ ވަޒީރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައެވެ.

އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގިޔަ ނުދީ ހިފަހައްޓަމުންދާ މައްސަލައާއި އެމައްސަލައިގައި މަޖިލީހުގެ ރިޔާސަތުން އަމަލު ކުރާ ގޮތާއި މެދު ހިތްހަމަނުޖެހިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިހާރު ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަގާމުން ވަކިކުރުމަށް ފާސްކޮށްފައެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަގައި 50 އަށް ވުރެ ގިނަ މެމްބަރުން ސޮއިކޮށްފައިވާއިރު އެމައްސަލަ މިއަދު މަޖިލީހަަށް ހުށައެޅުމަށް އެމްޑީޕީން އަންނަނީ މަސައްކަތް ކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން