"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ހުށަހެޅި ފޯމުތަކުގައި ސޮއިކުރި ފަރާތްތަކަށް ގުޅުއްވައި ސަރުކާރުގެ އިސްވެރިން ބިރުދައްކަމުން އަންނަކަމަށް ބުނެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ޕާޓީ އުފެއްދުމަށް ޤާނޫނުގައި ހޯދުން ލާޒިމުކުރާ އަދަދަށް ފޯމު ހަމަކޮށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ ރެކޯޑު އޮތް ޕާޓީއަކީ "ދަ ޑިމޮކްރެޓްސް" ކަަމަށެވެ.

އިތުރަށް ޙަސަން ވިދާޅުވީ 1 ޖޫނުގައި އިލެކްޝްންސްއަށް "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތު ސަރުކާރުން ވަގަށް ހޯދާފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީހުންނަށް ސަރުކާރުގެ ވެރިން އަންނަނީ ގުޅުއްވައި ބިރުދައްކަވަމުން ކަމަށް ހަސަން ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއަށް ކޮށްފައިވާ ސޮއި އަނބުރާ ނަގައި އެ ސޮއަކީ ސައްހަ ސޮއެއް ނޫންކަމަށް ބުނުމަށް ސަރުކާރުން އަންގާ ކަމަށް ހަސަންގެ މައްސަލައިގައިވެއެވެ.

އަދި ސަރުކާރުގެ އެ އަމަލަކީ އެމްޑީޕީގެ އުސޫލުތަކާއި ޤަބޫލުކުރުންތަކާ ޚިލާފަށް ހިންގަމުންދާ އަމަލެއް ކަމަށާއި އަމަލުތަކަކީ އެމްޑީޕީ އުފައްދަން މަސައްކަތްކުރިއިރު އެ ޕާޓީ އުފެއްދުމަށް ހުރަސްއެޅުމަށް އެއިރުގެ ސަރުކާރުގެ ވެރިން ހިންގެވި ފަދަ އަމަލުތަކެއް ކަމަށް ހަސަން ވިދާޅުވިއެވެ.

އަދި ސަރުކާރުގެ ބިރުދެއްކުމަށް ފަހަތަށް ނުޖެހުމަށް ހަސަން ވަނީ އެދިވަޑައިގެންފައެވެ.

އެމަޢްސަލަ މަޖިލީހަށް ބަލައިގަތުމާއި ބަހުސް ކުރުމަށް ވޯޓަށް އެހެމުން މައްސަލަ ބަލައިގަތުމަށް ވޯޓް ދެއްވީ 16 މެމްބަރުންނެވެ. އެހެންކަމުން އެމައްސަލަ މަޖިލީހަށް ބަލައިގަންނަން ފާސްނުވުމުން އެމައްސަލަ ވަނީ މަޖިލީހުގެ ތަޅުމުން ބޭރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން