މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުގެ ގޮތުގައި މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކެތްމަދުވެފައި ހުންނެވި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމަށް އިތުބާރު ނެތް މައްސަލަ ހުށަހަޅަން ފާސްކޮށްފައެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު މިއަދު ވަނީ އެ މައްސަލާގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރަށްވާފައެވެ.

"މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކެތްމަދުވެފައި ހަގީގަތުގައި ރިޔާސަތުގައި މި އިންނަނީ. އުންމީދު ކުރެވެނީ ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް،" އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން