ހުޅުމާލެ ދެވަނަ ފިޔަވައްސާއި ދިމާލުން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

މި ހަށިގަނޑު ފެނުނީ އިއްޔެ ހަވީރު 5:56 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޗް 16 ޓަވަރާއި ދިމާލުން ކަނޑުމަތިންނެވެ.

ފުލުހުން ބުނީ ހަށިގަނޑު ފެނުނީ ކަޅުކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓަކާއި، ކަޅުކުލައިގެ ބޫޓަކާއި އެކުކަމަށެވެ. އެއީ ބިދޭސީއެއްގެ ހަށިގަނޑު ކަމަށް ބެލެވޭ ކަމުގައި ފުލުހުން ބުނެއެވެ.

އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ގަލޮޅު މޯޗަރީގައެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރ 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން