މަޖިލީހުގެ ކޮމިޓީތައް އެކުލަވާނުލައި، މަޖިލީހުގައި އިތުރު ބަހުސެއް ކުރިއަށް ނުގެންދެވޭނެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެެއެވެ.

ޝަރީފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންތަކެއް ވަކިވުމާއި ގުލިގެން މަޖިލީހުގެ ކޮމިޓީތަކަށް ގެންނަންޖެހޭ ބަދަލު ނުގެނެވި، ކޮމިޓީތަކުގެ މަސައްކަތް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ. އެ މަސައްކަތް ހައްލުކުރުމަށް ވާހަކަ ދެއްކިނަމަވެސް މިހާތަނަށް އެކަމަށް ހައްލެއް ލިބިފައެއް ނުވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މަޖިލީހުގައި ފުރަތަމަކުރަންޖެހޭ ކަމަކީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލައި، މަޖިލީހުގެ މަސައްކަތްތައް ހިނގާނެ ގޮތަކަށް ކަންކަން ކުރިއަށްގެންދިއުންކަމަށެވެ.

"ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް އޮައްވާ އެކަން ކުރިއަށް ނުގެންގޮސް އެހެނިހެން ކަންކަން ހުށަހަޅައިގެން ކުރިއަށްގެންދިއުމަކީ އެއްގޮތަކަށްވެސް މަޖިލިސް ކުރިއަށް ގެންދޭވެނެ ގޮތެއް ނޫން. މަޖިލިސް ހުއްޓާލުމަށްފަހު ކޮމިޓީތައް އަލުން އެކުލަވާލަންޖެހޭ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން މަޖިލިސް ހައިޖެކްކޮށްފައިވާކަމަށެވެ. އަދި މަޖިލިސް ރައީސް މަޖިލިސް ކުރިއަށްގެންދަނީ އަމިއްލަ މަސްލަހަތު އިސްކޮށްގެންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މަޖިލީޙުގައި ހުއްޓިފައި ހުރި މުހިއްމު ބިލްތަކުގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު، ޖަނަވާރުގެ ޞިއްހަތު ބިލު، ބިނާވެށި ޕްލޭން ކުރުމައި ބެހޭ ބިލު، އިންޝުއަރެންސް ބިލު އަދި ގިނަ އަދަދެއްގެ ޤާނޫނުތަކަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުތައްވެސް ހިމެނެއެވެ.

މަޖިލީހުގެ ކޮމިޓީތައް ހުއްޓިފައި އޮތް މައްސަލައިގައި ބައެއް މަސައްކަތްތައް ހުއްޓިފައި ހުރުމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްވެސް ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން