ޕާޓީއަށް ބޭނުންވާ 3000 މެންބަރުން ހަމަކޮށްފައި ދޫކޮށް ނުލައްވާނެކަމަށާއި، ކަނޑައަޅާފައިވާ ޓާގެޓާ ހަމައަށް ދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއާއި ގުޅުނު މެންބަރުންގެ ފޯމްތައް ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ހަރަކާތެއް މުޅި ރާއްޖޭގައި ހިންގި އިރުގައި ލިބިފައި ހުރި ފޯމްތައް ވެސް އެބަހުރި ކަމަށާއި، އެ ޕާޓީއަކީ އަބަދުވެސް ޕާޓީ ކުރިއެރުވުމަށް މަސައްކަތް ކުރާބައެއް ތިބި ޕާޓީއެއް ކަމަށެވެ. އެގޮތުން އަދިވެސް މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިގުތިޞާދީ ވަޒީރު ވިދާޅުވިއެވެ.

"ޕާޓީއަށް ބޭނުންވާ އެންމެ މަދު 3000 ހަމަވެގެން ހުއްޓައެއް ނުލާނަން. އަޅުގަނޑުމެން ކުރިއަށް ގެންދާނަން." ދާދި ފަހުން "ދަ ޑިމޮކްރެޓްސް" އުފައްދަން ކުރި މަސައްކަތުގައި އެމީހުން ޓާގެޓްކުރި އަދަދާ ގާތްކުރާ އަދަދަށް ވާސިލު ނުވެވި 3560 ފޯމް ހުށައެޅުމުން އެކަމާއި ގުޅުވައިގެން ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫއިން ގުޅުނު މެންބަރުންގެ ފޯމްތަކާއެކު 2500 ފޯމް ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޓާގެޓަކީ ގާނޫނަށް އިސްލާހުގެނަސް މިހާރު އަމަލު ކުރަމުންދާ އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ޕާޓީގައި މެންބަރުން ތިބި އަދަދާ ހިސާބަށް، ގާނޫނާ އެއްގޮތަށް ރަސްމީކޮށް ރަޖިސްޓްރީވެގެން މެންބަރުން ގެންދިއުން ކަމަށެވެ. އިރާދަކުރެއްވިޔާ ޓާގެޓަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެއަދަދު ހަމަކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހާއެކު އެމްޑީޕީގެ ދަފްތަރުން 39،000 ވަރަކަށް މެންބަރުން އުނިވެގެން ދިޔައެވެ. އެމްޑީޕީން މިހާރު އަމާޒު ހިފާފައިވަނީ ކުރިން އޮތް އަދަދަށްވުރެ ވެސް އިތުރަށް މެންބަރުން ޕާޓީއަށް ވެއްދުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން