ރައްޔިތުން މަޖިލީހުގެ އެންމެ ގިނަ ދުވަސްވީ އެއް މެމްބަރުކަމަށްވާ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ސަރުކާރާއި މެދު ހިތްހަމަ ނުޖެހިގެން އުޅުއްވަނީ މެޑިކަލް މާފިއާ ހިންގަން ފުރުސަތު ނުދިނުމުންކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ޔައުގޫބް ވިދާޅުވީ ބައެއް މެމްބަރުން ސަރުކާރާއި މެދު ހިތްހަމަނުޖެހިގެން އުޅެނީ އަމިއްލަ ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ސަރުކާރުން ވައްކަން ކުރަމުންދާކަމަށް ބުނެ ބައެއް މެމްބަރުން ވާހަކަދައްކަވަމުންދާއިރު، އެކަމުގެ ފަހަތުގައި ވަނީ އެހެން ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ ސަރުކާރާއި ދެކޮޅަށް ވާހަކަދައްކަވާ މެމްބަރުންގެ ތެރެއިން ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އެ ވާހަކަ ދައްކަވަނީ އެ ބޭފުޅާއަށް ނާޖާއިޒު ފައިދާތަކެއް ލިބޭ ގޮތަށް ކުރަމުންދިޔަ ވިޔަފާރިތަކެެއް ކުރިއަށް ނުގެންދެވުމުންކަމަށެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ވިލިފުށި ދާއިރާ މެމްބަރު ސަރުކާރާއި މެދު ހިތްހަމަނުޖެހިގެން އުޅެނީ މެޑިކަލް މާފިއާއެއްގެ ގޮތުގައި ޒަމާނުން ފެށިގެން ކުރަމުންދިޔަ ވިޔަފާރި މި ސަރުކާރުން ހުއްޓުވީތީ. އެކަމަށް ފުރުސަތު ނުދީގެން، އެކަމާއި ރުޅި އައިސްގެން." ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ އެމްޑީޕީ ތެރެ "ކުނިކުރި މީހުން" ވަކި ޕާޓީއެއް ހަދައިގެން ދިއުމުން މިއަދު އެމްޑީޕީ ސާފު ސީދާ ސާދާ ޕާޓީއަކަށްވެފައިވާކަމަށެވެ. އަދި އެ ގޮތުގައި ކުރިއަށް ގޮސް ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެމްޑީޕީއަށް މިއަދު ފަހިވެފައިވާ ކަމަށްވެސް ޔައުގޫބް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން