ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ދައުލަތުގެ ވަކީލުންނާ ކޯޓުގައި ދިމާކުރައްވާފައިނުވާ ކަމަށް އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެެވެ.
ޖަމީލު މިހެން ވިދާޅުވީ އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި ހުކުމުގެ އިސްތިއުނާފު އަޑުއެހުމުގެ ތެރެއިން ދައުލަތުގެ ވަކީލުންނާ ދިމާކޮށްލެއްވި ކަމަށް ބުނެ މީޑިޔާއެއްގައި ޝާއިއު ކުރި ރިޕޯޓަކާއި ގުޅިގެންނެެވެ. ހައިކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން މެދުކަނޑާލި ވަގުތު ޔާމީން ދައުލަތުގެ ވަކީލުން ތިބި ތަނަށް ވަޑައިގެން ވަކީލުން ދައްކާ ވާހަކަ "ސެންސް މޭކެއް ނުކުރޭ" ކަމަށް ވިދާޅުވެ ހިތްހަމަނުޖެހުން ފާޅުކުރެއްވި ކަމަށް އެހަބަރުގައި ބުނެފައިވެއެވެ.
އެކަން ދޮގުކުރަށްވައި ޑރ. ޖަމީލު ވިދާޅުވީ ޔާމީން ދައުލަތުގެ ވަކީލުންނާ ދިމާ ނުކުރައްވާ ކަމަށެވެ. އެމަނިކުފާނު ހަމައެކަނި ސަމާސާ އަކަށް ސުވާލެއް ކުރެއްވީ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"މިހާރު ހުރިހާ ނޫސްތަކެއްހެން ސަރުކާރުގެ ޖީބުގައި އޮތަސް ރައީސް ސޯލިހު ރޭވުމެއްގެ ދަށުން ރައީސް ޔާމީނަށާ ރައީސް ނަޝީދަށް އަނިޔާކުރާކަން ސިއްރެއް ނުކުރެވޭނެ. ދަޢުވާތަކަކީ ޖަހާ ސަކަރާތެއް." ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު