ރައީސް މުޙައްމަދު ނަޝީދު (އެލެކްސް އަހްމަދަކީ އެމަނިކްފާންގެ ފޭކް ޓްވިޓަރ ހޭންޑަލް ކަމަށް ބެލެވޭ)
ރައީސް މުޙައްމަދު ނަޝީދު (އެލެކްސް އަހްމަދަކީ އެމަނިކްފާންގެ ފޭކް ޓްވިޓަރ ހޭންޑަލް ކަމަށް ބެލެވޭ)
ޢިލްމީވުމުން އެކަނި ނުފުދޭ ކަމަށް ވިދާޅުވެ އެލެކްސް އަޙްމަދުގެ ނަމުގައި ޙަރަކާތްތެރިވާ ޓްވިޓަރ އެކައުންޓުން ކުރީގެ ޢިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދަށް ރައްދު ދެއްވައިފިއެވެ.

އެލެކްސް އަޙްމަދުގެ ނަމުގައި ޓްވިޓަރގައި ޙަރަކާތްތެރިވާ ހޭންޑްލް އަކީ، ރައީސް މުޙައްމަދު ނަޝީދު އަމިއްލަ ގޮތުން ހާމަކުރަށްވާ ޚިޔާލުތައް ޙިއްސާކުރެއްވުމަށް ބޭނުންކުރަށްވާ އެކައުންޓެއްކަމަށް ގިނަ ބަޔަކުބުނެއެވެ. އެލެކްސް އަހުމަދު ވިދާޅުވީ، އޭސީސީގެ މެމްބަރުން ވަކިކުރުމަށް އެމްޑީޕީގެ މަޖިލީސް މެމްބަރުން އިންޒާރު ދެމުންދާތީ އެކަމާ ދެކޮޅަށް ޕީއެންސީގެ ނާއިބު ރައީސް މުޙައްމަދު ސަޢީދު ޚިޔާލުފާޅު ކުރައްވާފައިވާތީއެވެ.

މާވަށު ދާއިރާގެ މެމްބަރު ސަޢީދު ވަނީ، އެއްވެސް އިމެއްނެތި ސަރުކާރުން މުޅި ދަޢުލަތުގެ ހިންގުމަށް ހުރަސް އަޅާ، މުއައްސަސާތަކުގެ މިނިވަންކަން ނަގާލަމުން ދާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ޢިލްމީ އެތައް ދަރިންނެއް ބުރަމަސައްކަތުން ހާސިލް ކުރި ތަޢުލީމުގެ އަގު ވައްޓާލަމުންދަނީ ދޮގާއި މަކަރާއި ސިޔާސީ ނުފޫޒުން ކަމަށް ސަޢީދު ވިދާޅުވެފައިވެއެވެ. މީގެއިތިރުން ޑިމޮކްރަސީއަކީ މިއީތޯ ވިދާޅުވެ ސަޢީދު ވަނީ ސުވާލު އުފައްދަވާފައެވެ.

ސަޢީދަށް ޖަވާބު ދެއްވަމުން މައްސަލައަކީ ވައްކަންކުރުން ކަމަށް ވިދާޅުވެ އެލެކްސް އަޙްމަދު ވިދާޅުވީ، ޢިލްމީވުމުން އެކަނި ނުފުދޭ ކަމަށެވެ.

"ތި އޭސިސީއަކަށްވެސް ހަމަ އެމްއެމްޕީއާރުސީގެ އެއްވެސް ވައްކަމެއް ބަލައެއް ނުނިއްމުނު. މިހާރު އަހަރެއްވީ." ހިތްހަމަ ނުޖެހުން ފާޅުކުރަށްވައި އެލެކްސް ވިދާޅުވެފައިވެއެވެ.



ރައީސް ނަޝީދުގެ ޓްވިޓަރ އެކައުންޓެއްކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ އެކައުންޓަކުން ކުރައްވާފައިވާ ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައިވާއިރު، އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އޭސީސީގައި ހުރި މައްސަލަތަކަށް ވީނުވީއެއް ނޭނގޭ ކަމަށް ވިދާޅުވެ، އެ ކޮމިޝަންގެ މެމްބަރުންނާ މެދު ނުރުހުން ފާޅުކުރައްވައިފަ އެވެ. އަދި އެ ކޮމިޝަނާ މެދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުންގެ ކަންބޮޑުވުން ފާޅުކުރެއްވުމަށް ފަހު، އޭސީސީގެ ޚާއްސަ އޮޑިޓެއް ހަދަން އިއްޔެ ވަނީ ފާސްކޮށްފައެވެ.

އިއްޔެގެ ކޮމިޓީގައި ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ އޭސީސީގެ މެމްބަރުން ފެއިލްވެއްޖެ ކަމަށާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭ ގިނަ ތަފްސީލުތައް ވެސް އެ ކޮމިޝަނުން ކަމާބެހޭ ފަރާތްތަކަށް ނުދޭ ކަމަށެވެ. މިދިޔަ އަހަރު ވެސް އޭސީސީން ގިނައިން ބެލީ އިދާރީ މައްސަލަތައް ކަމަށާއި ދައުވާކުރަން ފޮނުވީ ވެސް އެންމެ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ. ދޮންބިލެތް އިޝާރާތް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރެއްވި އަމިއްލަ ދަތުރުފުޅެއްގައި ދައުލަތުގެ ފައިސާ ހޭދަކުރެއްވި ކަމަށްބުނާ މައްސަލައެއް އޭސީސީން ބަލާ ފިޔަވަޅު އެޅި ވާހަކައަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން