ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ސެނެޓަރ ކްރިސްވެންހޮލެންއާ އެކު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ސެނެޓަރ ކްރިސްވެންހޮލެންއާ އެކު
މަތީ ތައުލީމުގެ ފުރުސަތު އެމެރިކާއިން ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ ސެނެޓަރ ފޮރ މެރީލޭންޑް ކްރިސްވެންހޮލެންއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި އެމެރިކާގައި ދިވެހި ޒުވާނުންނަށް އުޖާލާ މުސްތަޤްބަލަކަށް ބޭނުންވާ ޢިލްމާއި ހުނަރު ލިބިގަތުމަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމުގެ މުހިންމުކަމަށް އަޅުވާލައްވާފައިވެއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ރާއްޖެ-އެމެރިކާގެ ވަރުގަދަ ޕާޓްނަޝިޕަށް އަލިއަޅުއްވާލައްވާ އިންޑޯ-ޕެސިފިކް ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ގާއިމްކުރުމާއި ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.

މީގެ އިތުރުން ޔޫ.އެސް.އޭ.އައި.ޑީ.ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާ ވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. އަދި ޔޫ.އެސް.އޭ.އައި.ޑީ.ގެ ޕޯޓްފޯލިއޯގެ ދަށުން ތަރައްޤީގެ އެހީގެ ޕްރޮގްރާމްތައް ހިންގެވުމުގައި އެކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވާ ކުރިއަށް އޮތް ތަނުގައި ޔޫ.އެސް.އޭ.އައި.ޑީ.ގެ ޕްރޮގްރާމްތައް އިތުރަށް ފުޅާވެގެން ދާަނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު އެމެރިކާއަށް ވަޑައިގެން އުޅުއްވަނީ އެމެރިކާގައި މުޅިން އަލަށް ދިވެހިރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން