ގައުމުގެ މަސްލަހަތަށްވުރެ ޒާތީ މަސްލަތަހު ކުރިއެރުވުމުގެ ނިޔަތުގައި ދޮގުހަދާ ކެންޑިޑޭޓުންނަށް ވޯޓުދޭން ހެޔޮނުވާނެ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ކުރެއްވި ޓްވީޓްތަކެއްގައި ވަނީ ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާ ކެންޑިޑޭޓުން އަމިއްލަ މަސްލަހަތު އިސްކޮށް އާންމުންގެ ތެރޭގައި ދޮގު މައުލޫމާތު ފަތުރަމުންދާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ބައެއް ސިޔާސީ ލީޑަރުން ވެރިކަމުގެ ދަހިވެތިކަމުގައި ކޮންމެ ފަދަ ބޮޑު ދޮގެއްވެސް ހަދާފާނެކަން ޗާގޯސްއޭ ކިޔައިގެން އެ ދައްކާ ވާހަކަ ތަކުން އެނގިގެންދާ ކަމަށެވެ. ޗާގޯސް އަކީ ވޭތުވެދިޔަ 500 އަހަރު ތެރޭގައިވެސް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާތަނެއް ނޫންކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެތެރޭގެ ސިޔާސީ ކަންކަމުގައި ކުރިއެރުމެއް ނުވަތަ ސިޔާސީ މަންފާއެއް ހޯދުމުގެ ނިޔަތުގައި ބޭރު ދުނިޔެއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރޫއަރާ ޒާތުގެ ވާހަކަ ބައެއް ރިޔާސީ ކެންޑިޑޭޓުން ދައްކަވަނީ އެކަމުން ގައުމަށް ލިބިދާނެ ބޮޑު ގެއްލުމަކާ މެދު އެއްވެސް ފަރުވާލެއް ނެތި ކަމަށެވެ.
"ގައުމެއްގެ ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ޒިންމާދާރު ބަޔަކަށް ވާންޖެހޭ. ރައްޔިތުންނަށް އޮޅުވާލުމަށް ބޮޑެތި ދޮގު ހައްދަވާ ބަޔަކަށް ވެގެން ނުވާނެ. ގައުމުގެ އެންމެ މަތީ މަސްލަހަތާ މެދު ފަރުވާތެރިވާ ބަޔަކަށް ވާންޖެހޭ. މިއޮއް ޒަމާނުގައި ޖިއޯ ޕޮލިސްޓިކްސް ހިނގާ މަގު އިނގެންވާނެ،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޒިންމާދާރު ލީޑަރުން ސިޔާސީ ބޭނުމަށް ދުވާލުގެ އަލިކަން ފެންނަހެން ފެންނަން އޮންނަ ކަންކަމުގައި އޮޅުވާލައިގެން ބުހުތާނު ދޮގު ނުހަދާނެ ކަމަށެވެ.
"މިސާލަކަށް ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުގެ ބަހައި ވަކިގޮތަކަށް ނިމިފައި އޮތްނަމަ މޮރިޝަސްއަކަށް އިން ވަކިކުރާކަށް ހުށަނޭޅޭނެކަން ކުޑަކުއްޖަކަށް ވެސް އެނގޭނެ،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ މަސްލަހަތަށް ބަލާލުމެއް ނެތި ތިމާގެ ޒާތީ މަސްލަހަތު ކުރިއެރުވުމުގެ ނިޔަތުގައި ހިތަށް އެރިހާ ދޮގެއް ހަދާ ރިޔާސީ ކެންޑިޑޭޓުންނަށް ވޯޓުދޭން ހެޔޮނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު