އެމްޑީޕީން ނުކުމެ އައު ޑިމޮކްރެޓިކް ޕާޓީއެއް ހެދުމަކީ ޑިމޮކްރަސީގެ އުސޫލާ ހިލާފުކަމެއް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު ފަދަ ޑިމޮކްރަޓިކް ބޭފުޅަކު އަމަލުކުރައްވާ ގޮތުން ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. ޖާބިރު ވިދާޅުވީ އެމްޑީޕީން ނުކުމެ އައު ޑިމޮކްރެޓިކް ޕާޓީއެއް ހެދުމަކީ ޑިމޮކްރަސީގެ އުސޫލާ ހިލާފުކަމެއް ކަމަށާއި، ގަބޫލުކުރާ ހަގީގަތަކީ ޑިމޮކްރެޓޭ ކިޔައިގެން އުޅުއްވާ ބޭފުޅުން ބޭނުންވަނީ އަމިއްލަ އެދުމުން ވެރިކަން ކުރައްވަން ކަމަށެވެ.
"އެއީ މައްސަލަ ޖެހޭ ހިސާބަކީ. އަމިއްލަ އެދުން އެއީ މަޖިލީހުގެ ރައީސްކަމާއި ނައިބްރައީސްކަން އެއް ފެމިލީއަކަށް ދިނުން. އެއީ ވަރަށް ބޮޑު މައްސަލައެއް އެތައްބަޔަކު ތިއްބާ. އެއީ ޓެކްނިކަލީ ވަރަށް ބޮޑު މައްސަލައެއް. އެހިސާބުން ފެށިގެން މުޅި ޑިމޮކްރަޓިކް ވެށި ބަދަލުވެއްޖެ. އިހުސާސްތައް ބަދަލުވެއްޖެ. ރައީސް ނަޝީދު އަޅުގަނޑު ގާތުގައި ވިދާޅުވީ، ތިމަންނާގެ އެއްވެސް ބާރެއް ނެތޭ މި ސަރުކާރުގައި. އެކަމުގެ ރައީސް ނަޝީދު ފޮނުއްވި ލިސްޓަށް ބަރާބަރަށް، ރައީސް ނަޝީދާ ގުޅިފައި ތިބި ވިޔަފާރިވެެރިންގެ ހައްގުތައް މިސަރުކާރުން ދިން. ނޫ މަޑީގެ މައްސަލަ ވެސް،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރައީސް ނަޝީދު ބޭނުންފުޅުވާ ހުރިހާ މަގާމްތަކަށް މީހުން ފިޓްކޮށްފައި މި ސަރުކާރު ކުރިއަށް ނުގެންދަން ރައީސް ނަޝީދު ބޭނުންފުޅުވި ކަމަށެވެ. އެއީ މައްސަލައެއް ކަމަށާއި، އެތައް ބަޔަކަށް އެކަމުގެ ސަބަބުން ގެއްލުންވާ ކަމަށެވެ.
"ހިންނަވަރު މީހާ ރައީސްކަމުގައި ހުރީ. އުފެއްދުންތެރި މީހަކު ރާއްޖޭގައި ކަންކަމުގައި އުޅެންޖެހޭނީ. ކަމަކާ ނުވެ ހިސާބު ދިމާނުވާ މީހަކު ހުރުމަކީ އުސޫލާ ހިލާފްކަމެއް. މިސާލަކަށް، ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވިފައި އޮންނަތާ ހަފްތާއެއް ވެއްޖެ. އިތުބާރު ނެތްކަމުގެ މައްސަލަ އެހާ މަތިން ދިޔާމަ ރީތި ގޮތަކީ މެނޭޖްކޮށްލުން. އަދިވެސް ވަގުތު އެބައޮތް. އަޅުގަނޑު ގަބޫލެއް ނުކުރަން ރާއްޖޭގެ ވެރިކަން އެހެން ބޭފުޅަކަށް ހިސާބު ދިމާކޮށްގެން ކުރެވޭނެހެން. އެހެންވީމާ ރާއްޖޭގެ ޕާލަމެންޓް ހުއްޓިފައި އޮންނާކަށް ނުޖެހޭނެ. އާންމު ކޮމިޓީ ބާއްވާ އޮޕަރޭޓްވާންޖެހޭނެ. ދެތިން މީހަކު ރުޅިއައީމަ މަޖިލިސް ހުއްޓިގެން ނުވާނެ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ބަޔަކު މަޖިލީހަކީ "ލާޗާރު" ތަނަކަށް ހައްދަވަނީ ކަމަށާއި، އެއީ ހަގީގަތެއް ނޫން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަށް ތަބާވާން ޖެހޭނެކަމަށާއި، މައިނޯރިޓީން މެޖޯރިޓީއަށް ރޫލްކޮށްގެން ނުވާނެ ކަމަށެވެ.
ޖާބިރު ވިދާޅުވީ މައިނޯރިޓީން މެޖޯރިޓީގެ މައްޗަށް އަމުރު ހިންގައިގެން އުޅޭ ކަމަށާއި، މެޖޯރިޓީކަމަށް ގަބޫލުކޮށްގެން މައިނޯރިޓީން އަތްއުރާލައިގެން ތިބެން ބޭނުންވަނީ ކަމަށެވެ. ޖާބިރު ވިދާޅުވީ މަޖިލިސް ހިސޯރުކޮށްގެން އުޅެނީ ބަޔަކު މީހުންގެ މަގާމް ގެއްލިދާނެތީ ކަމަށެވެ.
ޖާބިރު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ އެހާ މަތިން ހުށަހެޅުމުން ރީތި ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު